ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހުރާ ބަލިކޮށް އެމްޓީސީސީ ފައިނަލަށް

ޝެއާ ކުރޭ Facebook Telegram Viber X

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބުގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކްލަބް އެމްޓީސީސީން ކަށަވަރުކޮށްފިއެވެ. 

ފަސް ސެޓަށް ދެމިގެންދިޔަ މި މެޗު އެމްޓީސީސީން ކާމިޔާބުކުރީ 3-2ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަހަތުން އަރައި 25-23އިން ހުރާއިން ކާމިޔާބުކޮށްފައި ވަނިކޮށް، ދެވަނަ ސެޓުގައި އެމްޓީސީސީން ވަނީ ކުޅުން ރަނގަޅުކޮށް 15-25އިން ސެޓު ގެންގޮސްފައެވެ. ތިންވަނަ ސެޓު 25-20އިން ހުރާއިން އަލުން ލީޑު ނެގި ނަމަވެސް، އެމްޓީސީސީން ވަނީ ހިތްވަރު އެލުވާނުލައި ހަތަރުވަނަ ސެޓު 25-15އިން ހޯދާފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 12-15އިން ކާމިޔާބުކޮށް، އެ ޓީމުން ވަނީ މެޗުން މޮޅުވެފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން އެމްޓީސީސީއަށް ފުރުޞަތު ލިބުނީ ދެ ޕޫލަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގެ ޕޫލް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ޕޫލްގެ އެއްވަނަ ހޯދީ އެންމެ ފަހުގެ ތަށި އުފުލާލި ކްލަބް ވެމްކޯއިންނެވެ. ފައިނަލްގައި އެމްޓީސީސީއާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރުވާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ 20:30ގައި ވެމްކޯއާއި ޕޮލިސް ކްލަބް (ޕޫލް އޭގެ ދެވަނަ ޓީމު)ބައްދަލުކުރާ މެޗުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ބަލަން ވަނުމަށް ޓިކެޓެއް ވިއްކަނީ 30ރުފިޔާއަށެވެ. މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން ޓިކެޓް ވިއްކަން ފަށާއިރު، ގޭގައި ތިބެގެން މެޗު ބަލާލަން ބޭނުންވާ ފަރާތްތަކަށް 'ސަން ޕްލޭ' އެޕްލިކޭޝަން މެދުވެރިކޮށް 25ރުފިޔާއަށް އޮންލައިންކޮށް މެޗު ބަލާލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު