ސިންގަޕޫރުގައި ކުރިއަށްދިޔަ 2026ވަނަ އަހަރުގެ ނޭޝަނަލް ސްވިމިންގ ޝޯޓްކޯސް އިންވިޓޭޝަނަލް މުބާރާތުގައި ވާދަކޮށް، ފިރިހެނުންގެ 50މީޓަރުގެ ބްރެސްޓްސްޓްރޯކް އިވެންޓުން ރާއްޖޭގެ ޤައުމީ ރިކޯޑު އިފްޒާލް އިބްރާހީމް މަހްފޫޒް އައުކޮށްފިއެވެ.
މި ފަޚުރުވެރި ކާމިޔާބީ އިފްޒާލް ހާސިލުކުރީ، އެ މުބާރާތުގެ ފިރިހެނުންގެ ކުރު ރާސްތާ ނުވަތަ ޝޯޓްކޯސްގެ 50މީޓަރުގެ ރޭސް އެންމެ 31.86ސިކުންތުގެ ތެރޭގައި ފުރިހަމަކޮށްގެންނެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ މި އިވެންޓުގައި ރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ހަލުވި ފެތުންތެރިޔާއަށެވެ.
މި ރޭހުގެ ޤައުމީ ރިކޯޑު މީގެ ކުރިން އޮތީ ހުނަރުވެރި ފެތުންތެރިޔާ ލޫތު މުޙައްމަދު ހުސައިންގެ ނަމުގައެވެ. ލޫތު އެ ރިކޯޑު ހަދާފައިވަނީ ފާއިތުވި 2025ވަނަ އަހަރު ތައިލެންޑުގައި ބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްގައި ވާދަކޮށް، 31.95ސިކުންތުން ރޭސް ނިންމައިގެންނެވެ. ނަމަވެސް އިފްޒާލް މިވަނީ ލޫތުގެ ރިކޯޑަށްވުރެ 0.09ސިކުންތު އަވަހަށް ރޭސް ނިންމައި އެ ރިކޯޑު އޭނާގެ އަމިއްލަ ނަމަށް ބަދަލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.