ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރީ-ކޮލިފައިންގެ ހުރިހާ މެޗަކުން ބަލިވެ ރާއްޖެއަށް ނާކާމިޔާބު!

ޝެއާ ކުރޭ Facebook Telegram Viber X

ކަޒަކިސްތާނުގައި ކުރިއަށްދިޔަ ފީބާ އޭޝިއާ ކަޕް 2029ގެ ޕްރީ-ކޮލިފައިން ފުރަތަމަ ބުރުގައި ވާދަކޮށް، ކުޅުނު ހަތަރު މެޗުންވެސް ނާކާމިޔާބީއާ ކުރިމަތިލާންޖެހި، ދިވެހިރާއްޖޭގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު މުބާރާތުން ކަޓައިފިއެވެ.

ގްރޫޕް ބީ ގައި ހިމެނުނު ރާއްޖެ ކުޅުނު ފަހު މެޗުގައި މިއަދު ނުކުތީ ކިރްގިސްތާނާ ދެކޮޅަށެވެ. ކަޒަކިސްތާނުގެ އަލްމަޓީ ސިޓީގައި ހުންނަ ބަލުއާން ޝޯލަކް ސްޕޯޓްސް ޕެލަސްގައި ކުޅުނު މި މެޗުން ރާއްޖޭގެ މައްޗަށް ކިރްގިސްތާނުން ކުރިހޯދީ 95-37ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މީގެ ކުރިން ކުޅުނު ތިން މެޗުގައި ވެސް ރާއްޖެއަށް ވަނީ ބޮޑެތި ބަލިތަކަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ސްރީލަންކާއާ ވާދަކޮށް 107-65އިން ބަލިވިއިރު، މުބާރާތް ބޭއްވި ޤައުމު ކަމަށްވާ ކަޒަކިސްތާން އަތުން ބަލިވީ 114-43އިންނެވެ. އަދި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 168-78އިން ރާއްޖެ ބަލިވެގެންނެވެ.

މި މަހުގެ 25ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ މި ކޮލިފައިންގައި ޖުމްލަ 18ޤައުމަކުން ވާދަކުރިއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތައް މެއިން ކޮލިފިކޭޝަނަށް ދަތުރުކުރާނެއެވެ. އަދި އޭގެ ތެރެއިން އެންމެ ކުރި ހޯދާ 16ޤައުމަކަށް 2029ވަނަ އަހަރުގެ އޭޝިއާ ކަޕުން ޖާގަ ކަށަވަރުވާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު