ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަލްވަރޭޒް އެތުލެޓިކޯގެ ޓްރޭނިންއާ ގުޅިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ކެޓަލާންގެ ގަދަބާރު ބާސެލޯނާއިން އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ހޫލިއަން އަލްވަރޭޒް ގެންދަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ސިއްހީ ކުދި މައްސަލަތަކަކަށް ފަހު މިއަދު އޭނާ އަލުން އެތުލެޓިކޯ މެޑްރިޑްގެ ރަސްމީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ސްޕެނިޝް ލީގުގައި ރޭ 3-1ގެ ނަތީޖާއަކުން ސެވިއްޔާގެ މައްޗަށް އެތުލެޓިކޯ ކުރިހޯދި މެޗުގެ ސްކޮޑުން އަލްވަރޭޒްއަށް ފުރުސަތު ދީފައެއް ނުވެއެވެ. މީގެ މައިގަނޑު ސަބަބަކީ ބަލިވެ އުޅުމުގެ ސަބަބުން ފާއިތުވި ހަފުތާގައި ބޭއްވި ޓީމުގެ ތިން ޕްރެކްޓިހެއްގައި އޭނާއަށް ބައިވެރިވެވިފައި ނުވުމެވެ. އެހެން ނަމަވެސް، ހުކުރު ދުވަހު އޭނާ ވަނީ އަމިއްލައަށް ވަކިން ޓްރޭނިންގ ސެޝަނެއް ފުރިހަމަކޮށްފައެވެ.

ސެވިއްޔާ މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުލަބުގެ މެންސް ޕްރޮފެޝަނަލް ފުޓްބޯލް ޑިރެކްޓަރު މަޓެއު އަލެމަނީ ވަނީ، އަލްވަރޭޒްގެ މުސްތަގުބަލާ މެދު އެއްވެސް ޝައްކެއް ނެތްކަމަށް ބުނެފައެވެ. އަދި ބަލިމަޑުކަމުން އަރައިގަނެ ޕްރެކްޓިހާ ގުޅުމާ އެކު، ލީގުގައި ދެން ކުޅޭ މެޗެއްގައި އޭނާ ކުޅެން ނުކުންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކުރިއަށް އޮތް އަންގާރަ ދުވަހު ޓްރާންސްފާ ވިންޑޯ ބަންދުވާން ކުޑަތަންވެފައިވާއިރު، އަލްވަރޭޒްގެ ޓްރާންސްފާއާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް އަދިވެސް ހައްލެއް ނުލިބެއެވެ. ވޯލްޑް ކަޕް ތެރޭގައި ބާސެލޯނާއަށް ކުޅުމަކީ އޭނާގެ އެންމެ ބޮޑު އެއް ހުވަފެންކަމަށް އަލްވަރޭޒް ބުނެފައިވީ ނަމަވެސް، އެތުލެޓިކޯގެ ސީއީއޯ މިގޭލް އަންހެލް ގިލް މާރިން ވަނީ ބާސާއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ ކުލަބަށް އޭނާ ދޫނުކުރާނެކަން ހާމަކޮށްފައެވެ.

އެހެންކަމުން މިވަގުތު އޭނާ ޓީމު ބަދަލުކުރުމުގެ ފުރުސަތު އޮތީ އިނގިރޭސިވިލާތުގެ އާސެނަލުން އެކަންޏެވެ. ރިޕޯޓުތައް ބުނާގޮތުން އާސެނަލުން 150މިލިއަން ޔޫރޯ (174މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފި ނަމަ އެތުލެޓިކޯއިން އެކަމަށް އެއްބަސްވުން ގާތެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު