ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަލެބާގެ ސޮއި ހޯދުމާ ގާތަށް ޔުނައިޓެޑް ޖެހިލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމުގެ މެދުތެރެ އިތުރަށް ވަރުގަދަކުރުމުގެ މަޤުޞަދުގައި، އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަބާރު މެންޗެސްޓަރ ޔުނައިޓެޑުން ބްރައިޓަންއަށް ކުޅެމުން އަންނަ ކެމަރޫންގެ ހުނަރުވެރި މިޑްފީލްޑަރު ކާލޯސް ބަލެބާ އެ ކުލަބަށް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ޕޯޗުގަލްގެ މެތިއުސް ފާނަންޑޭޒް ގެނައުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، ޔުނައިޓެޑުން ވަނީ ބަލެބާ ހޯދުމުގެ ޝައުގުވެރިކަން އަލުން އާކޮށްފައެވެ. ފާއިތުވި ސީޒަނުގައި ވެސް އުމުރުން 22އަހަރުގެ މި ކުޅުންތެރިޔާ ގަތުމަށް އެ ކުލަބުން މަސައްކަތްކުރިއެވެ. ނަމަވެސް އެފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ބްރައިޓަންއިން 100މިލިއަން ޕައުންޑުގެ އަގެއް ކިޔާފައިވުމުން އެ މުއާމަލާތް ވަނީ މަޑުޖެހިފައެވެ. ރިޕޯޓުތައް ބުނާގޮތުން، މިހާރު ބްރައިޓަންއިން އޭނާ ދޫކޮށްލަން ތައްޔާރަށް އޮތީ 60މިލިއަން ޕައުންޑަށްވުރެ މަތީގެ އަގަކަށެވެ. އެހެންނަމަވެސް، ޔުނައިޓެޑުން މިވަގުތު ހުށަހަޅާފައިވަނީ އެއަށް ވުރެ ކުޑަ އަދަދެކެވެ.

އައު ސީޒަނާ ކުރިމަތިލާއިރު ޔުނައިޓެޑުން ވަނީ މެދުތެރެއަށް އިތުރު ކުޅުންތެރިންވެސް ގެނެސްފައެވެ. އޭގެ ތެރޭގައި ޗެލްސީގައި ކުރިން ކުޅުނު އަންދްރޭ ސަންތޯސް އަދި ބެލްޖިއަމްގެ ޔޫރީ ޓިއެލްމަންސް ހިމެނެއެވެ. ޕްރީ ސީޒަންގެ މެޗުތަކުގައި ސަންތޯސްއާ ގުޅިގެން މެދުތެރެ ބެލެހެއްޓީ މޭސަން މައުންޓް ކަމަށްވިޔަސް، އޭނާގެ ފިޓްނަސް މައްސަލަތަކެއް އެބަހުއްޓެވެ.

ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލް އަދާކުރާ ބަލެބާ އަކީ ރެފްރީންގެ ކާޑުތަކާ ވަރަށް ރައްޓެހި ކުޅުމެއް ދައްކާ ކުޅުންތެރިއެކެވެ. ނިމިދިޔަ ސީޒަނުގައި އޭނާ ވަނީ ބްރައިޓަންގެ ޖާޒީގައި 35މެޗެއް ކުޅެދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު