ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރޯ މުއައި ތައި މުބާރާތުގެ ރަން މެޑަލް ރާއްޖޭގެ އީލާފަށް

ޝެއާ ކުރޭ Facebook Telegram Viber X

ސްރީލަންކާގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލް (ބީއެމްއައިސީއެޗް)ގައި ދާދި ފަހުން ބޭއްވި ޕްރޯ މުއައި ތައި ޗެމްޕިއަންޝިޕްގެ 76ކިލޯގެ މިޑްލްވެއިޓް ކެޓަގަރީން ރަން މެޑަލް ޙާޞިލުކޮށް، އަޙްމަދު އީލާފް ނަދީމް ދިވެހިރާއްޖެއަށް ބޮޑު ޝަރަފެއް ހޯދައިދީފިއެވެ. 

މި މުބާރާތުގައި އީލާފް މި ތާރީޚީ ކާމިޔާބީ ހޯދީ ސްރީލަންކާގެ ތަޖުރިބާކާރު ފައިޓަރު އިސުރުއާ ވާދަކޮށް، މޮޅު އުކުޅުތަކަކާއި ހުޝިޔާރުކަމާ އެކު އޭނާ ބަލިކުރުމަށް ފަހުގައެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި އޭނާ ހޯދި ދެވަނަ ރަން މެޑައްޔެވެ. މިއަހަރުގެ ފެބްރުއަރީ މަހު އޮތް ސްރީލަންކާ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވެސް ލަންކާގެ އެއްވަނަ އެތުލީޓު ބަލިކުރުމަށްފަހު، ރާއްޖޭގެ ތާރީޚުގައި މުއައި ތައިން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދިނީ ވެސް ހަމަ އީލާފްއެވެ.

އީލާފްގެ އިތުރުން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އަނެއް އެތުލީޓަކީ ޑެނިއަލް އަޙްމަދު ޒަކީއެވެ. ލަންކާގެ ފަހަދުއާ ދެކޮޅަށް ޑެނިއަލް ނުކުމެ ވަނީ ފަހު ވަގުތާ ހަމައަށް ވެސް ވަރުގަދަ އަދި ހިތްވަރުގަދަ ފައިޓެއް ދައްކާފައެވެ. މި ދެ ކުޅުންތެރިން ވެސް މުބާރާތަށް ތައްޔާރުވީ ދިވެހި ހެޑް ކޯޗު މުޙައްމަދު ޝަނާޒްގެ ބެލުމުގެ ދަށުންނެވެ. އަދި މުބާރާތުގެ ކުރިން ލަންކާގައި ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީނު ކޭމްޕެއްގައި ވެންކުއިޝް މުއައި ތައި އެންޑް ފިޓްނަސްގެ އިންސްޓްރަކްޓަރު ވިމުކްތި އަބެނަޔަކަގެ އިރުޝާދު ވެސް މި ކުޅުންތެރިންނަށް ލިބިފައިވެއެވެ.

ކުޑައިރުއްސުރެ މާޝަލް އާޓްސްއަށް ލޯބިކުރަމުން އައި އީލާފްގެ މި ކާމިޔާބީގެ ބިންގަލަކީ ފައިޓްސޯލް މޯލްޑިވްސްއާއި މޯލްޑިވްސް މުއައި ތައި އެކަޑަމީއެވެ. އޭނާގެ މި މިންނެތް މަސައްކަތުން ސާބިތުކޮށްދެނީ، ރަނގަޅު ތަމްރީނާއި ވަރުގަދަ ޢަޒުމެއް އޮވެއްޖެ ނަމަ ބައިނަލްއަޤްވާމީ ރިންގުތަކުގައި ދިވެހިންނަށް ވެސް ފަސޭހަކަމާއެކު ރަން ވަނަތައް ޙާޞިލުކުރެވޭނެ ކަމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު