ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިތާ ވޮލީ މުބާރާތުން ރީތިފަރު ކަޓައިފި

ޝެއާ ކުރޭ Facebook Telegram Viber X

ރ. މީދޫގައި މިހާރު ކުރިއަށްދާ އިތާ އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގައި ކޯރާކޯރާ އަތުން ސީދާ ތިން ސެޓުން ބަލިވުމާ ގުޅިގެން، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރުމުގެ ފުރުޞަތު ގެއްލި، ރީތިފަރު ރިސޯޓު މުބާރާތުން އަލްވަދާޢު ކިޔައިފިއެވެ. 

ގްރޫޕް އޭގައި ހިމެނޭ ރީތިފަރަށް މި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ، އެ ޓީމު ކުޅުނު ދެވަނަ މެޗުގައި ކޯރާކޯރާ ރިސޯޓުން ފަސޭހަކަމާ އެކު މެޗު ކާމިޔާބުކުރުމުންނެވެ. މި މެޗުގެ ސެޓުތައް ކޯރާ ކޯރާއިން ގެންދިޔައީ 25-14، 25-18އަދި 25-14އިންނެވެ. މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި، މޭން އޮފް ދަ މެޗުގެ މަޤާމު ހާސިލުކުރީ ކޯރާ ކޯރާ ޓީމުގެ އަކިންދުއެވެ. މީގެ ކުރިން ބަނޑޮހާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ވެސް ރީތިފަރު ވަނީ ބަލިވެފައެވެ.

ޖުމްލަ ތިން ޓީމު ހިމެނޭ މި ގްރޫޕުން ރީތިފަރު ކަޓާފައިވާއިރު، މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު ދެން އޮންނަ ލީގު ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމެވެ. އަދި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. މި މުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މެޗުގައި ބައްދަލުކުރާނީ ކުޑަފުށި ރިސޯޓާއި ދަ ސްޓޭންޑާޑްއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު