ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރިސޯޓު ވޮލީ މުބާރާތް ކޯރާކޯރާއިން ކާމިޔާބުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ރ. މީދޫގައި ކުރިއަށްދިޔަ އިތާ އިންޓަރ-ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ކުޑަފުށި ރިސޯޓުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ކޯރާ ކޯރާ މޯލްޑިވްސްއިން ހޯދައިފިއެވެ.

މީދޫގެ ވޮލީ ކޯޓުގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގެ ސެޓުތައް ކޯރާ ކޯރާ އިން ކާމިޔާބުކުރީ 25-20، 25-19އަދި 25-22ގެ ނަތީޖާއަކުންނެވެ. މުޅި މުބާރާތުގައިވެސް އެންމެ ވިދައިލި ކުޅުންތެރިޔަކީ، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު އޮޕޮސިޓް އެޓޭކަރުގެ މަޤާމުވެސް ހާސިލުކުރި ކޯރާ ކޯރާ ޓީމުގެ އަކިންދު ސަތްސަރަ ނިމެޝާނާއެވެ.

މި މުބާރާތުގެ ޑްރީމް ޓީމަށް ބަލާއިރު، އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ކޯރާ ކޯރާގެ ސަންކަ ދިލްޝާން ހޮވުނުއިރު، ދެވަނަ އައުޓްސައިޑް އެޓޭކަރަކީ ކުޑަފުށީގެ އަޙުމަދު އަޒީމްއެވެ. އެންމެ މޮޅު މިޑްލް ބްލޮކަރުގެ މަޤާމު ކޯރާ ކޯރާގެ ލަސަންތަ ޕްރަނީތް ހޯދިއިރު، ދެވަނަ މިޑްލް ބްލޮކަރަކީ ކުޑަފުށީގެ އިބްރާހީމް ފަޒީލްއެވެ. މީގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ކޯރާ ކޯރާގެ ޖަނިތް އަރޯޝާ ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗުގެ މަޤާމު ލިބުނީ ޗެމްޕިއަން ޓީމަށް އިރުޝާދުދިން ސްރީލަންކާގެ ތަޖުރިބާކާރު ކޯޗު ސަމަންސިރި ސެނެވިރަތުނަ އަށެވެ.

ރިސޯޓުތަކަށް އަމާޒުކޮށްގެން މީދޫ އެކުވެރި ކްލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތަކީ މި ސިލްސިލާގެ ހަތަރުވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ރިސޯޓަކުން ވަނީ ވާދަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު