ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުމުންދޫ އަތުން ބަލިވެ ނޮޅިވަރަންފަރުގެ އުއްމީދަށް ފަނޑުކަން

ޝެއާ ކުރޭ Facebook Telegram Viber X

އެފްއޭއެމް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އަތޮޅު ފުޓްސަލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގައި އަމިއްލަ ރަށުގައި ކުމުންދޫއާ ވާދަކޮށް 1-0އިން ބަލިވުމުގެ ސަބަބުން، މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ނޮޅިވަރަންފަރުން އެހެން ނަތީޖާއަކަށް އިންތިޒާރުކުރަން ޖެހިއްޖެއެވެ.

ނޮޅިވަރަންފަރުގެ ފުޓްސަލް ދަނޑުގައި ކުޅުނު ގްރޫޕް އޭގެ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ކުޅުން ފެށިތާ 8ވަނަ މިނެޓުގައި ކުމުންދޫ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޙަސަންއެވެ. މި މެޗުން އެއްވަރުކޮށްލައިގެން ވެސް ނޮޅިވަރަންފަރަށް މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ލިބެން އޮތް ނަމަވެސް، މި ނާކާމިޔާބީއާއެކު އެ ޓީމަށް މިވަނީ ގްރޫޕް ސްޓޭޖުގެ ކުޅުން ނިންމާލަން ޖެހިފައެވެ.

ފުރަތަމަ މެޗުގައި ހަނިމާދޫ ބަލިކޮށްފައި އޮތުމުން، ނޮޅިވަރަންފަރަށް ދެން ސެމީގެ ފުރުޞަތެއް ލިބޭނީ ގްރޫޕްގެ ފަހު މެޗުގައި ހަނިމާދޫއާއި ކުމުންދޫ ކުޅެ ނުކުންނަ ނަތީޖާއަކުންނެވެ. މިހާރު ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، ކުޅުނު އެއް މެޗުން މޮޅުވެ ތިން ޕޮއިންޓާއި ފައިދާ އެއް ގޯލާއެކު އެއްވަނައިގައި އޮތީ ކުމުންދޫއެވެ. ދެ މެޗު ކުޅެގެން ތިން ޕޮއިންޓް ހޯދާފައިވާ ނޮޅިވަރަންފަރު ދެވަނައިގައި އޮތްއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އެއް މެޗު ކުޅެފައިވާ ހަނިމާދޫއެވެ.

މީގެ އިތުރުން، މި މުބާރާތުގެ ގްރޫޕް ބީ ގައި މިރޭ ކުރިނތްބާއި ނޭކުރެންދޫ ބައްދަލުކުރާނެއެވެ. ނައިވާދޫ އަތުން ފުރަތަމަ މެޗުގައި ބަލިވެފައިވާތީ، މިރޭގެ މެޗުން ނާކާމިޔާބުވެއްޖެ ނަމަ ނޭކުރެންދޫ މުބާރާތުން ކަޓާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު