ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރަށް ރަނގަޅު ފެށުމެއް

ޝެއާ ކުރޭ Facebook Telegram Viber X

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގެ ކުޅުން ނޮޅިވަރަންފަރުގައި ފެށި އިރު، ފުރަތަމަ މެޗުގައި ހަނިމާދޫ ބަލިކުރުމަށް ފަހު ނޮޅިވަރަންފަރުން މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ރަށުގެ ސަޕޯޓަރުންގެ ކުރިމަތީގައި ނޮޅިވަރަންފަރުން މި މެޗު ކާމިޔާބުކުރީ 1-0ގެ ހަނި ތަފާތަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ކުރިމަތިލުމުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 15ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސާމިޙް ފަތުހުﷲ އެވެ. މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ސާމިޙް ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލުކޮށްފައެވެ.

މި މުބާރާތުގެ ހދ. އަތޮޅުގެ ބުރުގައި ޖުމްލަ ހަ ރަށަކުން ވާދަކުރާއިރު، ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފައެވެ. ގުރޫޕް ސްޓޭޖުގެ ކުޅުން ނިމޭއިރު، ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދައިގެން ކުރި ހޯދާ ދެ ޓީމަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވާނެއެވެ.

މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ މޮޅާ އެކު ފެށި ނޮޅިވަރަންފަރާއި، ހަނިމާދޫގެ އިތުރުން ކުމުންދޫއެވެ. އަނެއްކޮޅުން ގުރޫޕް ބީގައި ވާދަކުރަނީ ނައިވާދޫ، ނޭކުރެންދޫ އަދި ކުރިނބިއެވެ. މި ގުރޫޕުގެ ފުރަތަމަ މެޗުގައި މިރޭ ނޭކުރެންދޫއާއި ނައިވާދޫ ނުކުންނަން ހަމަޖެހިފައިވާއިރު، މި އަތޮޅުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ތާވަލުކުރެވިފައިވަނީ ނޮޅިވަރަންފަރުގެ ފުޓްސަލް ދަނޑުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު