ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މަނަދޫއާއި މާފަރަށް ފުރަތަމަ މެޗުތަކުން މޮޅު!

ޝެއާ ކުރޭ Facebook Telegram Viber X

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަދި ކްލަބް މޯލްޑިވްސް ގުޅިގެން ނ. މަނަދޫގައި ކުރިއަށްގެންދާ "އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނ. އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެ، މަނަދޫގެ އިތުރުން މާފަރުން މުބާރާތުގެ ފެށުން ވަރަށް ފުރިހަމައަށް ކާމިޔާބުކޮށްފިއެވެ.

މުޅިއެކު ހަތަރު ޓީމު ވާދަކުރާ މި އަތޮޅުގެ މެޗުތައް ހޯސްޓުކުރަނީ މަނަދޫގައެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި މަނަދޫއިން ވަނީ 0-2ގެ ނަތީޖާއަކުން ޅޮހީގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ރޭގަނޑު ކުޅުނު ފޯރިގަދަ މެޗުގައި މާފަރުން ވަނީ މަގޫދޫ ބަލިކޮށް، 3-5އިން މެޗު ކާމިޔާބުކޮށްފައެވެ.

މަނަދޫއިން ޅޮހި ބަލިކުރި މެޗުގައި އެ ޓީމުގެ ދެ ލަނޑު ފެނިގެންދިޔައީ ދެ ހާފުގައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ރައުފަތު އަބޫބަކުރު ލަނޑެއް ޖަހައިދިންއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ހުސެއިން ޝައިހާނެވެ.

މާފަރާއި މަގޫދޫ ބައްދަލުކުރި މެޗުގައި މާފަރުގެ ފަރާތުން ފެނުނު ލަނޑުތައް ޖަހައިދިނީ އައިހަމް ހަމްދޫން، އިމާދު އަލީ، އިބްރާހީމް ޒަކަރިއްޔާ އަދި އިރުޝާދު އަދުނާންއެވެ. އެ ޓީމަށް ލިބުނު ފަސްވަނަ ލަނޑަކީ މަގޫދޫ ޓީމުގެ މުހައްމަދު އިހުޝާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މަގޫދޫއިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މި ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި މުހައްމަދު އިރުޝާދު އާއި އަލީ ޝާހިދެވެ.

މިހާރު ގްރޫޕުގެ ނަތީޖާ އޮތްގޮތުން، ފައިދާ ލަނޑުގެ ތަފާތުން ތާވަލުގެ އެންމެ ކުރީގައި އޮތީ މަނަދޫއެވެ. ދެވަނައިގައި މާފަރު އޮތްއިރު، ތިންވަނަ އަދި ހަތަރުވަނައިގައި އޮތީ ޅޮހި އާއި މަގޫދޫއެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު މި މަހުގެ 21ވަނަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު