ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނޭކުރެންދޫގެ މައްޗަށް ނައިވާދޫން ކުރިހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގައި، ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން 3-1ގެ ނަތީޖާއަކުން ނޭކުރެންދޫ ބަލިކޮށް ނައިވާދޫއިން ފެށުން ރަނގަޅުކޮށްފިއެވެ.

މި މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އަބްދުﷲ ވިސާމް ވަނީ ނައިވާދޫއަށް ލަނޑެއް ޖަހައިދީ، އެ ޓީމަށް ކުރިހޯދައިދީފައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0ގެ ނަތީޖާއަކުން ނައިވާދޫ ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފުގެ ކުޅުން ފެށިތާ މާގިނައިރުތަކެއް ނުވެ، މުޙައްމަދު ޝާއިން ވަނީ ނައިވާދޫގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ 11ވަނަ މިނެޓުގައެވެ. އޭގެ ފަސް މިނެޓު ފަހުން ޝާއިން ވަނީ އިތުރު ލަނޑެއް ޖަހައި، ނައިވާދޫގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދީފައެވެ. ނޭކުރެންދޫއިން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަބާން އިބްރާޙީމެވެ.

މި ނަތީޖާއާއެކު ނައިވާދޫއަށް ގްރޫޕް ބީން ތިން ޕޮއިންޓް ލިބިފައިވާއިރު، ދެން މި ގްރޫޕުގައި ވާދަކުރަނީ ކުރިނބިއެވެ. މުބާރާތް ބާއްވާ ރަށް ކަމަށްވާ ނޮޅިވަރަންފަރާއި، ހަނިމާދޫ އަދި ކުމުންދޫ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުގައި ހަނިމާދޫ ބަލިކޮށް، ނޮޅިވަރަންފަރު ވަނީ މޮޅުވެފައެވެ.

ހދ. އަތޮޅުގެ މުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހަވީރު ނޮޅިވަރަންފަރާއި ކުމުންދޫ ވާދަކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭކުރެންދޫއާއި ކުރިނތްބެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު