ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބ.ފުޓްސަލް މުބާރާތުގެ ސެމީ މިއަދު ކުޅޭނެ

ޝެއާ ކުރޭ Facebook Telegram Viber X

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ބ. އޭދަފުށީގައި ކުރިއަށްގެންދާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިންމާލުމަށް ފަހު، ފައިނަލުގެ ޖާގަތައް ކަށަވަރުކުރުމަށް ކުޅޭ ސެމީ ފައިނަލުގެ މެޗުތައް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި މިއަދު ހަވީރާއި މިރޭ ކުޅުމަށް ތާވަލުކުރެވިފައިވާ މި މެޗުތަކުގެ ތެރެއިން ފުރަތަމަ ސެމީގައި ވާދަކުރާނީ ގޮއިދޫ އަދި ތުޅާދޫއެވެ. މި މެޗު ހަވީރު 4:45ގައި ފަށާއިރު، ދެވަނަ ސެމީގައި މިރޭ 8:30ގައި ބައްދަލުކުރާނީ އޭދަފުއްޓާއި ދޮންފަނެވެ.

މުބާރާތުގެ ގްރޫޕް ބީއިން ސެމީގެ ޖާގަތައް ޔަގީންކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނަ ހޯދި ދޮންފަނުގެ އިތުރުން ތިން ޕޮއިންޓް ހޯދައިގެން ދެވަނައަށް ދިޔަ ތުޅާދޫއެވެ. މި ގްރޫޕުގައި ދެން ހިމެނުނު ފެހެންދޫ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

އަނެއްކޮޅުން ގްރޫޕް އޭ ގެ ނަތީޖާތައް ނުކުތްގޮތުން ޓީމުތަކުގެ މެދުގައި ވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ. އެ ގްރޫޕުގައި ހިމެނުނު އޭދަފުށި، ގޮއިދޫ އަދި މާޅޮހަށް ވެސް ތިން ޕޮއިންޓް ލިބުނުއިރު، ފައިދާ ގޯލެއް އެއްވެސް ޓީމަކަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ސެމީގެ ޖާގަތައް ކަނޑައަޅަން ޖެހުނީ ޖެހި ލަނޑުގެ އަދަދަށް ބަލައިގެންނެވެ. ހަތަރު ލަނޑު ކާމިޔާބުކޮށްގެން އޭދަފުއްޓާއި ގޮއިދޫ ކުރި ހޯދިއިރު، މާޅޮހަށް ޖެހުނީ ތިން ގޯލެވެ. ގްރޫޕުގެ އެއްވަނަ އޭދަފުއްޓަށް ލިބުނީ ގްރޫޕް ސްޓޭޖުގައި މާޅޮސް އަތުން މޮޅުވެފައި އޮތުމުންނެވެ. ގޮއިދޫއަށް ލިބުނީ ދެވަނައެވެ.

މި މުބާރާތަކީ އަތޮޅު ފެންވަރުގައި ފުޓްސަލްގެ ހުނަރުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. ބ. އަތޮޅުން ޖުމްލަ ހަ ޓީމު ބައިވެރިވި މި މުބާރާތުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު