ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޯޗު ނާޝިދާ އެކު ބިސްބުރުން ޕްރެކްޓިސް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

އަލަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ބިސް ބުރު ސްޕޯޓްސް ކްލަބުން، ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު)ގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފިއެވެ. 

އެ ކްލަބުގެ މައިގަނޑު އަމާޒަކީ ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، ލީގުގައި ދެމިއޮތުން ކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ކޯޗު ނާޝިދު ވަނީ ހާމަކޮށްފައެވެ. އަދި ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި، ހުނަރުވެރި ހަތަރު ބިދޭސީ ކުޅުންތެރިން ވަރަށް އަވަހަށް ސްކޮޑާ ގުޅޭނެކަން ވެސް އޭނާ ފާހަގަކުރިއެވެ.

މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ކުރިމަތިލާ ބޮޑު އިމްތިހާނެއްކަން ފާހަގަކުރަމުން ނާޝިދު ބުނީ، ކުރިއަށް އޮތް ސީޒަނުގައި ވާދަކުރާ ހުރިހާ ޓީމުތަކަކީ ވެސް ފެންވަރު ރަނގަޅު ޓީމުތަކެއް ކަމަށެވެ. ޚާއްސަކޮށް ނިމިދިޔަ ސީޒަނުގެ ގަދަ ފަސް ޓީމުގެ ސްކޮޑުތައް ވަރަށް ބޮޑަށް ވަރުގަދަކަން އޭނާ ފާހަގަކުރިއެވެ. ބިސް ބުރުން ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރީ ފާއިތުވި އަހަރުގެ ދެވަނަ ޑިވިޝަނުގެ ތަށި އުފުލާލުމަށް ފަހު، ކޮލިފައިން މަރުހަލާގައި ވެސް މޮޅު ކުޅުމެއް ދައްކައިގެންނެވެ.

ބިސް ބުރުގެ އިތުރުން ދެން އެންމެ އަލަށް މި ފަހަރުގެ ލީގުގައި ފެނިގެންދާނީ ޕްލޭއޮފް ކާމިޔާބުކުރި ހއ. ދިއްދޫގެ ޓީމެވެ. ނަމަވެސް، ފާއިތުވި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ނަންމަޝްހޫރު ދެ ކްލަބު ކަމަށްވާ ކްލަބް ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އަންނަ ސީޒަނުގެ ލީގަކުން ނުފެންނާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު