ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސިލްވަރ ސޭންޑްސް، އާރްސީސީ، މިބްސާ،މާކޯ ވެސް ކުއާޓާއަށް

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކުލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026ގެ ގަދަ ސޯޅައިގެ މެޗުތައް ރޭ ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ އެންމެ ފަހު ޖާގަތައް ސިލްވަރ ސޭންޑްސް، އާރްސީސީ، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ)ގެ އިތުރުން މާކޯ ރެކްރިއޭޝަނުން ކަށަވަރުކޮށްފިއެވެ. 

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް ކަޓުވާލުމަށްފަހު މާކޯއިން ކުއާޓާއަށް ދަތުރުކުރީ 4-2ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި މާކޯގެ މުޙައްމަދު އިޔާދު ޢަލީ ދެ ގޯލު ޖެހިއިރު، ދެން ހިމެނޭ ލަނޑުތައް ކާމިޔާބުކުރީ ޔޫހު ނަސީރާއި ޢަލީ ޔަޒީދެވެ. އެރީނާގެ ގޯލުތައް ޖެހީ ހުސައިން ރިފާން އަދި ހަސަން އިމްރާނެވެ.

މީޑިއާނެޓްގެ މައްޗަށް 3-0އިން ކުރިހޯދައިގެން މިބްސާ ކުއާޓާއަށް ދިޔައިރު، އެ ޓީމުގެ ލަނޑުތައް ޖެހީ މުޙައްމަދު ނާއިޝް އިބްރާހީމް (ދެ ގޯލު)އާއި ޝިނާން ޝަރީފެވެ. ހަމައެއާ އެކު، ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-0އިން ސިލްވަރ ސޭންޑްސް މޮޅުވި މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ ޢަލީ ނާއިޝް އަޙްމަދު ވަހީދާއި އިބްރާހީމް ހާމިދެވެ.

ވާދަވެރި ކުޅުމަކަށް ފަހު މެޑްޓެކް އަތުން 3-2އިން އާރްސީސީ މޮޅުވިއިރު، އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އާހިލް ނަޒީރު، އަޙްމަދު ސަމާހު އަދި ޢަބްދުالله ޒިޔާނެވެ. މެޑްޓެކްގެ ދެ ލަނޑު ޖެހީ ހައްފާފު ސިދުގީ އަދި އަލީ އަހުލާމެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ކުޅުން މާދަމާރޭ އޮންނާނެއެވެ. އެގޮތުން 20:30ގައި ލިއޯ އެފްސީއާއި ކުލަބު ވެލިގާ ބައްދަލުކުރާއިރު، އެމްއޭޑަބްލިއުސީ ނުކުންނާނީ ކުލަބު ހޯކްސްއާ ދެކޮޅަށެވެ. އަދި 21:45ގައި މިބްސާއާއި މާކޯ އާރްސީ ވާދަކުރާއިރު، ސިލްވަރ ސޭންޑްސް ބައްދަލުކުރާނީ އާރުސީސީއާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު