ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލިއޯ،ސިލްވަރ ސޭންޑްސް، އާރްސީސީ،މީޑިއާނެޓް ގަދަ ސޯޅައަށް

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026ގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުތަކުން މޮޅުވެ، ލިއޯ އެފްސީ، ސިލްވަރ ސޭންޑްސް، ކުލަބު އާރްސީސީ އަދި މީޑިއާނެޓުން މުބާރާތުގެ ގަދަ 16ބުރުގެ ޖާގަތައް ރަސްމީކޮށް ކަށަވަރުކޮށްފިއެވެ.

ގްރޫޕްތަކުގެ އެއްވަނައިގައި އޮވެ މި ޓީމުތަކުން ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދައިގެން 6ޕޮއިންޓާއެކުގައެވެ. އެގޮތުން ގްރޫޕް ސީގައި ކުޅުނު މެޗުގައި ކުލަބު އެޕޯލޯގެ މައްޗަށް 4-0ގެ ފަރަގަކުން ލިއޯ ކުރިހޯދިއިރު، ގްރޫޕް ޑީގައި ސިލްވަރ ސޭންޑްސްއިން ވަނީ 8-3ގެ ބޮޑު ތަފާތަކުން އާރްއޯއެލް ފަހަތަށް ޖައްސާލާފައެވެ.

މީގެ އިތުރުން ގްރޫޕް އީ އަށް ބަލާއިރު، އާރްސީސީން މެޑްޓެކް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. ހަމަ މި ނަތީޖާއިން ޓީމު ވިލާގެ މައްޗަށް ކުރިހޯދައިގެން މީޑިއާނެޓުން ވެސް ވަނީ އެ ގްރޫޕުން ގަދަ ސޯޅައިގެ ޓިކެޓް ޔަޤީންކޮށްފައެވެ. މި ދެ ޓީމަށް ވެސް 6ޕޮއިންޓް ލިބިފައިވާއިރު، މެޑްޓެކް އަދި ވިލާއަށް އަދި މިހާތަނަށް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.

ގްރޫޕް ސީގެ ތާވަލަށް ބަލާއިރު ދެވަނައިގައި އޮތް ބަރޮސް މޯލްޑިވްސް އާއި ތިންވަނައިގައި އޮތް އެސްބީއައިއަށް 3ޕޮއިންޓް ލިބިފައިވެއެވެ. އަދި ގްރޫޕް ޑީގެ ދެވަނައިގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް އޮތްއިރު ތިންވަނައިގައި އޮތީ އާރްއޯއެލްއެވެ. މި ދެ ޓީމަށްވެސް 3ޕޮއިންޓް ލިބިފައިވާއިރު، އެޕޯލޯ އާއި ޔޫރޯ ރެކްރިއޭޝަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޖުމްލަ 20ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން ވެސް ގަދަ ތިން ޓީމު އަނެއް ބުރަށް ހޮވޭއިރު، ބާކީ އޮތް އެއް ޖާގަ ލިބޭނީ ފުލަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކަށެވެ.

ސެކްޓަރ ލީގުގެ ކުރިއަށް ހުރި މެޗުތައް ދެން ތާވަލުކުރެވިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރެއަށެވެ. އެރޭގެ 20:10ގައި މިބްސާ އާއި ބިއޮންޑް އާރްސީ އަދި އެމްއޭޑަބްލިއުސީ އާއި ކުލަބު ވެލިގާ ބައްދަލުކުރާނެއެވެ. އޭގެ ފަހުން 21:25ގައި ކުލަބު ހޯކްސް އާއި މާކޯ އާރްސީގެ މެޗާއި ކުލަބު ލޯކަލްޗަރ އާއި ހެޕީ މާކެޓްގެ މެޗު އޮންނާނެއެވެ. އަދި ފަހު މެޗުތަކުގެ ގޮތުގައި 22:45ގައި އެސްބީއައި އާއި ކުލަބު އެޕޯލޯ އަދި ލިއޯ އެފްސީއާއި ބަރޮސް މޯލްޑިވްސް ނުކުންނާނެއެވެ. މި ހުރިހާ މެޗެއް ވެސް ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު