ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެރީނާ، އާރްއޯއެލް، ޔޫރޯ އަދި މެޑްޓެކުން ގަދަ 16އަށް

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026ގެ ގަދަ 16ގެ ބާކީ އޮތް ޖާގަތައް، އެންމެ ފަހުގެ ޗެމްޕިއަން އެރީނާގެ އިތުރުން އާރްއޯއެލް، ޔޫރޯ އަދި މެޑްޓެކުން ކަށަވަރުކޮށްފިއެވެ.

ޖުމްލަ ވިހި ޓީމަކާ އެކު ފަސް ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރަނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމެވެ. ފަސް ގްރޫޕުގެ ތެރެއިން އެންމެ ފުލަށް ދިޔަ ޓީމުތަކަށް ބަލާއިރު، ނޮކްއައުޓް ބުރުގެ ފަހު ޖާގަ ޔޫރޯއަށް ލިބުނީ ނަތީޖާގެ ގޮތުން އެންމެ ކުރީގައި އޮތުމުންނެވެ. 

ގްރޫޕް ޑީގެ މެޗުތަކަށް ބަލާއިރު، އާރްއޯއެލްގެ މައްޗަށް 5-3ގެ ނަތީޖާއަކުން އެރީނާ ވަނީ ކުރިހޯދާފައެވެ. އަދި ސިލްވަރ ސޭންޑްސް އާއި ޔޫރޯ ކުޅުނު މެޗު 2-2އިން އެއްވަރުވިއިރު، ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ލިބުނީ ސިލްވަރ ސޭންޑްސްއަށެވެ. އެރީނާ ދެވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ. ތިން ޕޮއިންޓާއެކު އާރްއޯއެލްއަށް ތިންވަނަ ލިބުނުއިރު ޔޫރޯއަށް ލިބުނީ އެއް ޕޮއިންޓެވެ.

މީގެ އިތުރުން ގްރޫޕް އީ ގައި ހިމެނޭ ކްލަބް އާރްސީސީން ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު އެއްވަނަ ހޯދާފައެވެ. އެ ޓީމުން ފަހު މެޗުގައި މީޑިއާނެޓް ބަލިކުރީ 3-1އިންނެވެ. ހަ ޕޮއިންޓާ އެކު މީޑިއާނެޓަށް ދެވަނަ ލިބުނުއިރު، ޓީމު ވިލާގެ މައްޗަށް 1-0އިން ކުރިހޯދައިގެން މެޑްޓެކް ވަނީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނަ މަގާމު ޔަގީންކޮށްފައެވެ.

މި މުބާރާތުގެ ގަދަ 16ގެ ކުޅުން އޮގަސްޓް 7އަދި 8ވަނަ ދުވަހުގެ ރޭ (ހުކުރު އަދި ހޮނިހިރު)ކުރިއަށްދާނެއެވެ. މި ބުރުގައި ކުޅޭނެ އެންމެ ފޯރިގަދަ މެޗުތަކުގެ ތެރޭގައި އެމްއޭޑަބްލިއުސީ އާއި ޔޫރޯ، އާރްސީސީ އާއި މެޑްޓެކް އަދި އެރީނާ އާއި މާކޯ އާރްސޯ ބައްދަލުކުރާ މެޗުތައް ފާހަގަކޮށްލެވެއެވެ. ސަން ސިޔާމް މީޑިއާ ބްރޯޑްކާސްޓިންގ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މި މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު