ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޮފީސްތަކުގެ ބީޗް ހޭންޑްބޯލް މުބާރާތް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތަކާ އެކު، ޖުމްލަ 27ޓީމު ވާދަކުރާ "ބީއެމްއެލް ވަން ގޭމް އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް"ގެ މާލެ ސަރަހައްދުގެ ކުޅުން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް ފަށައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ އެއްބާރުލުމާ އެކު ހޭންޑްބޯލް މޯލްޑިވްސް އާއި ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ހަފުލާގައި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމީކޯގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރާއި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ މި ކުޅިވަރު ޢީދުގައި ވިހި އޮފީހަކުން ބައިވެރިވެފައިވާއިރު، މިއީ މިހާތަނަށް އެންމެ ގިނަ ޓީމު ވާދަކުރާ ފަހަރެވެ. މި އަހަރުގެ މުބާރާތުގައި ފިރިހެން 11ޓީމެއްގެ އިތުރުން އަންހެން 16ޓީމު ވާދަކުރާނެއެވެ. 

މުބާރާތުގެ ފުރަތަމަ ރޭ ހަތަރު ކުރިމަތިލުމެއް ފެނިގެންދިޔައިރު، ފިރިހެން ބައިގައި އެމްޕީއެލް އިން ވަނީ 2-0ގެ ނަތީޖާއަކުން ކުލަބު ބީސީސީ ބަލިކޮށްފައެވެ. އަންހެން ޑިވިޝަނަށް ބަލާއިރު، ވެމްކޯއިން ޓްރޭޑް ކުލަބުގެ މައްޗަށް 2-0އިން ކުރިހޯދިއިރު، ކަސްޓަމްސްއިން ވަނީ ހަމަ މި ނަތީޖާއިން ފައިނޭންސް ކުލަބު ބަލިކޮށްފައެވެ. އަދި ފޯރިގަދަ ކުޅުމަކަށް ފަހު އެޗްޑީސީގެ މައްޗަށް ސްޓެލްކޯ އިން ކުރިހޯދީ 2-1ގެ ނަތީޖާއަކުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު