ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސުޒުކީއަށް ޕީއެސްޖީން ބޮޑު ބިޑެއް!

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ގެ ގޯލު ބެލެހެއްޓުން އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައި، އިޓަލީގެ ޕާމާއަށް ކުޅެމުން އަންނަ ޖަޕާނުގެ ހުނަރުވެރި ކީޕަރު ޒިއޮން ސުޒުކީ ގަތުމަށް 33މިލިއަން ޔޫރޯގެ ބޮޑު ހުށަހެޅުމެއް އެ ކުލަބުން ރަސްމީކޮށް ހުށަހަޅައިފިއެވެ.

ފަހަކަށް އައިސް ބައިނަލްއަޤުވާމީ މައިދާނުގައި، ޚާއްޞަކޮށް ނިމިދިޔަ ވޯލްޑް ކަޕްގައި ސުޒުކީ ދެއްކި މޮޅު ކުޅުމާ ގުޅިގެން ޔޫރަޕުގެ ނަންމަޝްހޫރު އެތައް ކުލަބަކުން އޭނާއަށް ފާރަލަމުންދެއެވެ. މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި، ޕީއެސްޖީން ވަނީ އަގުބޮޑު ބިޑެއް ކުރުމުގެ އިތުރުން، އެ ކުލަބުގެ މުސްތަޤުބަލުގެ ޕްލޭންތަކުގައި ސުޒުކީގެ ދައުރު އޮތް ގޮތް ވެސް އޭނާއާ ޙިއްޞާކޮށްފައެވެ.

ފްރާންސްގެ ގަދަބާރުން މި ފިޔަވަޅު އަޅާފައި މިވަނީ، އެ ޓީމުގެ ކީޕަރުގެ މަޤާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ސީޒަނުގައި ޖިއާންލުއިޖީ ޑޮނަރޫމާގެ ބަދަލުގައި ލީލްގެ ލޫކަސް ޝުވަލިއޭ ގެނައި ނަމަވެސް، ސީޒަނުގެ ބޮޑު ބައެއްގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ މަޓްވޭ ސަފަނޯވްއެވެ. ރިޕޯޓުތައް ބުނާގޮތުން، ޕީއެސްޖީއަށް ސުޒުކީ ގެނެވިއްޖެނަމަ، ޝުވަލިއޭ އެހެން ކުލަބަކަށް ވިއްކާލާނެއެވެ.

އިޓާލިއަން ލީގުގައި ޕާމާއާ އެކު ފާހަގަކޮށްލެވޭ ފަދަ ސީޒަނެއް ނިންމާލުމަށް ފަހު، ސުޒުކީ ވަނީ ޖަޕާނުގެ ޤައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ވެސް ކަށަވަރުކޮށްފައެވެ. ވޯލްޑް ކަޕްގައި ނެދަލަންޑްސްއާ ދެކޮޅަށް ކުޅެ 2-2އިން އެއްވަރުވި މެޗާއި، ބްރެޒިލް އަތުން އެންމެ ފަހު ވަގުތު ބައިކޮޅަށް ވަން ލަނޑަކުން މުބާރާތާ އަލްވަދާޢު ކިޔަންޖެހުނު މެޗުގައި އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޚާއްޞަކޮށް ބްރެޒިލް މެޗުގައި ސުޒުކީ ވަނީ ނުރައްކާތެރި ނުވަ ޙަމަލާއެއް ދިފާޢުކޮށްފައެވެ.

މީގެ ކުރިން އިޓަލީގެ ޔުވެންޓަސްއިން ވެސް މި ޒުވާން ކީޕަރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް، ޕީއެސްޖީން މާލީގޮތުން ބޮޑު ހުށަހެޅުމަކާ އެކު ރޭހަށް ވަނުމުން، މި ޓްރާންސްފާގެ މަންޒަރު މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު