ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސުޕަ ލީގު ވޮލީބޯޅަ މާދަމާ ފަށަން ނިންމައިފި

ޝެއާ ކުރޭ Facebook Telegram Viber X

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން، ރާއްޖޭގެ ކްލަބުތަކަށް އަމާޒުކޮށްގެން ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބާއްވާ "ރާއްޖެ ސުޕަ ލީގު"ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން މާދަމާ ފަށަން ތާވަލުކޮށްފިއެވެ. 

މި މަހުގެ 3ވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރާއިރު، މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އިންޑޯ ކޯޓުގައެވެ.

އެގޮތުން، މުބާރާތުގެ ޕޫލް އޭ ގައި ހަތަރު ޓީމެއް ހިމެނެއެވެ. އެއީ ކ. މާފުށީގެ އިތުރުން ވ. ފުލިދޫ، ލ. ފޮނަދޫ އަދި ހދ. ހަނިމާދޫ އެވެ. އަނެއްކޮޅުން ޕޫލް ބީ އެކުލެވިގެންވަނީ ތިން ޓީމެއްގެ މައްޗަށެވެ. އެ ގްރޫޕުގައި ވާދަކުރާނީ ކ. ތުލުސްދޫ، ބ. ގޮއިދޫ އަދި ތ. ހިރިލަންދޫއެވެ.

ސުޕަ ލީގުގެ ފޯރިގަދަ ކުޅުން މާދަމާ ފަށާއިރު، ފުރަތަމަ މެޗުގައި މާދަމާ ހަވީރު 4:00ގައި ނުކުންނާނީ ހަނިމާދޫއާއި ފުލިދޫއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު