ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

400 މީޓަރުގެ މިކްސް ރިލޭގައި ދިވެހި އެތުލީޓުން ކުރިއެރުން ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23ވަނަ ކޮމަންވެލްތު ގޭމްސްގެ 4ގުނަ 400މީޓަރުގެ މިކްސް ރިލޭ އިވެންޓުގައި ވާދަކޮށް، ދިވެހިރާއްޖޭގެ އެތުލެޓިކްސް ޓީމުން އައު ސީޒަނަލް ބެސްޓް ޓައިމިންއެއް ހޯދައިފިއެވެ.

3މިނިޓާއި 41.03ސިކުންތުން ރޭސް ފުރިހަމަކޮށް، ޖުމްލަ ހަތް ގައުމު ވާދަކުރި މި ހީޓުގެ ހަތްވަނައިގައި ދިވެހިރާއްޖެ ނިންމި ނަމަވެސް، މިއީ ކުރިން ހަދާފައިވާ 3މިނިޓް 45.81ސިކުންތުގެ ރެކޯޑަށް ވުރެ ބޮޑު ކުރިއެރުމެކެވެ. މި ރޭހުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވަނީ އާދަމް ރިއްފަތާއި، ހުސެއިން ޒީކް ސުއާދުގެ އިތުރުން ފަސޫހާ އަހުމަދާއި އަހްނާ ނިޒާރު ހިމެނޭ ޓީމަކުންނެވެ.

މި އިވެންޓުގެ އެންމެ ކުރި ހޯދީ އިންގްލެންޑުންނެވެ. އޭގެ ފަހަތުން ދެވަނަ ކެންޔާއަށް ލިބުނުއިރު، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސްކޮޓްލެންޑުން ވަނީ ތިންވަނަ މަގާމު ކަށަވަރުކޮށްފައެވެ. އަދި ހަތަރުވަނަ އިންޑިއާއިން ހޯދިއިރު، ފަސްވަނަ އަދި ހަވަނަ ލިބުނީ ޔޫގެންޑާއާއި ޕަޕުއާ ނިއު ގިނީއަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު