ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިވެހި ފެތުންތެރިން އިތުރު ރެކޯޑްތަކެއް މުގުރާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސްކޮޓްލަންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23ވަނަ ކޮމަންވެލްތު ގޭމްސްގައި، ރާއްޖޭގެ ފެތުމުގެ ޓީމުން ލޯންގްކޯސް 4ގުނަ 100މީޓަރުގެ ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު މުގުރާލައި އާ ކާމިޔާބީއެއް ހޯދައިފިއެވެ. 

މި ތާރީޚީ ރެކޯޑު ޤާއިމުކުރި ޓީމުގައި ހިމެނޭ ހުނަރުވެރި ފެތުންތެރިންނަކީ މުޙައްމަދު އާން ޙުސައިން، މުޙައްމަދު ރިޙާން ޝިހާމް، އަމްނާ ތަޒްކިޔާ މިރުޞާދު އަދި މިރާލް ޢައިން ލަތީފެވެ. މި ހަތަރު އެތުލީޓުންގެ މައްޗަށް އެކުލެވޭ ޓީމުން މި ފަހަރުގެ ރޭސް ނިންމާފައި ވަނީ 04:00.64އިންނެވެ.

މީގެ ކުރިންވެސް މި އިވެންޓުގެ އެންމެ މަތީ ރެކޯޑު އޮތީ ހަމަ މި ކުޅުންތެރިންގެ އަތުގައެވެ. އެގޮތުން، 2025ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު 22ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މި ޓީމުން ވަނީ 04.04.21އިން ރޭސް ފުރިހަމަކޮށް، އޭރުގެ ރެކޯޑު ހަދާފައެވެ. އެހެންކަމުން މިއީ އެ މީހުންގެ އަމިއްލަ ރެކޯޑު އިތުރަށް ތަރައްޤީކުރި ފަހަރެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގްލާސްގޯގައި މިހާރު ހިނގަމުންދާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރަމުން އަންނަ ދިވެހިރާއްޖޭގެ ޤައުމީ ފެތުމުގެ ޓީމުން ދަނީ އެކިއެކި އިވެންޓުތަކުން ރާއްޖޭގެ ގިނަ ރެކޯޑުތަކެއް މުގުރާލަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު