ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލޯނުގެ މުއްދަތު ނިމި ރަޝްފަޑް ބާސާއާ ވަކިވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

މާލީ ދަތިތަކާ ހުރެ ދާއިމީ ކޮންޓްރެކްޓެއް ނުލިބުމުގެ ސަބަބުން، ސްޕެއިންގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް ލޯނު އުސޫލުން ކުޅެމުން އައި އިންގްލެންޑުގެ ފޯވާޑް މާކަސް ރަޝްފަޑް އެ ކްލަބަށް ރަސްމީކޮށް އަލްވަދާއު ކިޔައިފިއެވެ.

ރަޝްފަޑް މިކަން އިއުލާނުކުރީ ބާސެލޯނާގެ ސަޕޯޓަރުންނާއި މެނޭޖްމަންޓަށް އަމާޒުކޮށް ފޮނުވި ޚާއްޞަ ވަދާއުގެ މެސެޖެއްގައެވެ. އޭނާ ބުނި ގޮތުގައި ސްޕެއިންގައި ހޭދަކުރި އެއް އަހަރަކީ ފުޓުބޯޅަ ކެރިއަރުގައި ލިބުނު އެންމެ އުފާވެރި އަދި ހަނދާނުން ފޮހެލަން ދަތި އެއް ތަޖުރިބާއެވެ. ކުރިމަގުގައި ވެސް އެ ކްލަބަށް ކާމިޔާބީއަށް އެދޭކަމަށް ބުނެ، ރަޝްފަޑް ވަނީ ބާސާގެ ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ ކެރިއަރުގައި ކުރިއަށްދާނީ ބާސާގެ އެ ރީތި ހަނދާންތަކާ އެކުގައިކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ ބާސެލޯނާގައި މަޑުކުރުމަށް ކްލަބްގެ ބޯޑުންނާއި އޭނާ އަމިއްލައަށް ވެސް ވަރަށް ބޮޑަށް ބޭނުންވިއެވެ. ވޯލްޑް ކަޕަށް އިންގްލެންޑް ސްކޮޑާ ގުޅުނު އިރުވެސް އޭނާގެ އެންމެ ބޮޑު އުއްމީދަކީ ކާމިޔާބު ސީޒަނަކަށް ފަހު ދާއިމީ ގޮތެއްގައި ކަޓަލާން ކްލަބްގައި މަޑުކުރުމެވެ. އެހެންނަމަވެސް، ކްލަބަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން މި މުއާމަލާތް ކޮޅަކަށް ނުޖެހޭނެކަން ޔަގީންވުމާ އެކު، އޭނާ ވަނީ ކްލަބް ދޫކޮށްލަން ނިންމާފައެވެ.

ރަޝްފަޑް ބާސާގެ ޖާޒީގައި މުހިންމު ލަނޑުތަކެއް ޖަހައިދީފައިވާއިރު، އެ ކްލަބުން ވެސް ވަނީ އޭނާގެ ހިއްސާ ބަލައިގަނެފައެވެ. ބާސެލޯނާއިން ނެރުނު ބަޔާނެއްގައި، ރަޝްފަޑަކީ ޓީމަށް މުހިންމު ކުޅުންތެރިއެއްކަން ފާހަގަކޮށް، އޭނާގެ ކުރިމަގަށް ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ. މީގެ އިތުރުން ޓީމުގައި ރަޝްފަޑާ އެކު ކުޅުނު އެހެން ކުޅުންތެރިން ވެސް އަންނަނީ މީސްމީޑިއާގައި އޭނާއަށް ޝުކުރު އަދާކޮށް މެސެޖުތައް އާއްމުކުރަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު