ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

200 މީޓަރުގެ ޤައުމީ ރެކޯޑު ޒިވާ މުގުރާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި، ދިވެހިރާއްޖޭގެ އުއްމީދީ އެތުލީޓު ޒިވާ މޫސާ ޝަފީއު މޮޅު ހުނަރާ އެކު އަންހެނުންގެ 200މީޓަރު ދުވުމުގެ ޤައުމީ ރެކޯޑު މުގުރާލައި ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ އަންހެނުންގެ 200މީޓަރު ދުވުމުގެ ފުރަތަމަ ބުރުގެ ހީޓު އެކެއްގައި ވާދަކޮށް، ޒިވާ މި ރޭސް ފުރިހަމަކޮށްފައި ވަނީ 24.67ސިކުންތުންނެވެ. މިއާއެކު، 2022ވަނަ އަހަރު ބޭއްވުނު ޤައުމީ މުބާރާތުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ދުވުންތެރިޔާ އައިޝަތު ހިމްނާ ޙަސަން 24.90ސިކުންތުން ދުވެގެން ޤާއިމުކޮށްފައި އޮތް ރެކޯޑު ވަނީ މާޒީވެފައެވެ. ކުރިން ވެސް އެތައް ރެކޯޑެއް ހަދާފައިވާ ޒިވާ ވަނީ މި ނަތީޖާއާ އެކު އޭނާގެ ކުރިއެރުން ސާބިތުކޮށްދީފައެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި އެތުލެޓިކްސް ޓީމުން އަންނަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ. މިގޮތުން މިފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ޒިވާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދާއި، އައިމިނަތު ލަޔާނާ މުޙައްމަދު، ޙުސައިން ޒީކް ސުޢޫދު، އާދަމް ރިފްޢަތު އަދި އަޙްނާ ނިޒާރު ވެސް ދަނީ ޤައުމު ތަމްސީލުކޮށް އުއްމީދީ ނަތީޖާތަކެއް ނެރެމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު