ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕީއެސްޖީ ދޫކޮށްލަން ބާކޯލާ ނިންމައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފަރަންސޭސިވިލާތުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ފުރަތަމަ އެގާރައިން އެކަށީގެންވާ ފުރުސަތު ނުލިބޭތީ، އާ ކޮންޓްރެކްޓެއްގައި ސޮއިނުކޮށް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާކަން އެ ޓީމުގެ އެޓޭކިން މިޑްފީލްޑަރު ބްރެޑްލީ ބާކޯލާ ކުލަބުގެ މެނޭޖްމަންޓަށް ރަސްމީކޮށް އަންގައިފިއެވެ. 

އުމުރުން 23އަހަރުގެ ފަރަންސޭސި ތަރި ހޯދުމުގެ ރޭހުގައި ޔޫރަޕުގެ ބޮޑު ފަސް ކުލަބަކުން މިހާރުވެސް ދަނީ ފާރަލަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަނުގެ ބަޔާން މިއުނިކްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ، އާސެނަލް އަދި ލިވަޕޫލް ހިމެނެއެވެ. މިވަގުތު އޭނާ ސޮއިކުރުވުމުގެ އެންމެ ކުރީގައި އޮތީ ލިވަޕޫލެވެ. އެއީ ނިމިދިޔަ ސީޒަނުގައި ވެސް އެ ޓީމުން ބާކޯލާ ހޯދަން މަސައްކަތްކޮށްފައިވުމާއި، އޭނާގެ އަމިއްލަ ޝައުގުވެރިކަންވެސް އެންމެ ބޮޑަށް އޮތީ ލިވަޕޫލަށް ކަމަށްވާތީއެވެ. އެހެންނަމަވެސް، ޓްރާންސްފާ ފީއެއްގެ ގޮތުގައި ޕީއެސްޖީން ޑިމާންޑުކުރާ 170މިލިއަން ޕައުންޑަކީ ގަންނަން އުޅޭ ކުލަބުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ބޮޑު އަގު ކިޔާފައި ވީނަމަވެސް، އެ އަދަދު ނުލިބިއްޖެ ހާލަތެއްގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ސީޒަން ނިމުމުން އޭނާ ދޫކޮށްލަން ޖެހުނަސް ޕީއެސްޖީން އޮތީ އެކަމަށް ތައްޔާރަށެވެ.

ފަރަންސޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބާކޯލާގެ ނިންމުމުގެ އަސްލަކީ ނިމިދިޔަ ސީޒަނުގައި ކްވީޗާ ކަވަރަސްކާލިޔާ ޕީއެސްޖީއާ ގުޅުނު ފަހުން މެޗުތަކުގައި ފުރަތަމަ އެގާރައިން ޖާގަ ގެއްލި، ބެންޗުގައި އިންނަންޖެހޭ ވަގުތު ގިނަވުމެވެ. މީގެ ތިން އަހަރު ކުރިން 45މިލިއަން ޔޫރޯގެ އަގަކަށް ލިއޯން އިން ޕީއެސްޖީއަށް ބަދަލުވި ބާކޯލާއަކީ އެ ކުލަބާ ކޯޗު ލުއިސް އެންރީކޭ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ގެނައި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފާއިތުވި ދެ ސީޒަނުގައި ޔޫރަޕުގެ ޗެމްޕިއަންކަން އަދި ވިދިވިދިގެން ތިން ފަހަރު ފަރަންސޭސި ލީގު ކާމިޔާބުކުރި ޕީއެސްޖީގެ ސްކޮޑުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު