ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މިހާރު އޮތް ޓީމުން ކާމިޔާބީ ހާސިލްކުރެވޭނެ: ބަޔާން

ޝެއާ ކުރޭ Facebook Telegram Viber X

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުން ބަލިވުމާ ގުޅިގެން، އިތުރު ކުޅުންތެރިން ޓީމަށް ނުގެނެސް މިހާރު އޮތް ސްކޮޑާއެކު ބަޔާން މިއުނިކަށް ބޮޑެތި ކާމިޔާބީތައް ހޯދޭނެކަމުގެ ޔަގީންކަން އެ ކުލަބުގެ ސްޕޯޓިން ޑައިރެކްޓަރު ކްރިސްޓޯފް ފޯޑް ދީފިއެވެ. 

ކްރިސްޓޯފް ހާމަކުރި ގޮތުގައި، ޖަރުމަނުގެ ގަދަބާރުން މިވަގުތު އިތުރު ކުޅުންތެރިން ހޯދުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އަދި ޕްރީ-ސީޒަން މެޗެއްގެ ނަތީޖާއަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށާއި، ބަޔާންގައި މިހާރު އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށްޓަށް ވެސް ފޯރިގަދަ ވާދައެއް ކުރެވޭ ފަދަ ފެންވަރު ރަނގަޅު ޓީމެއްކަމަށް އޭނާ ފާހަގަކުރިއެވެ. 

ކުލަބުގެ މާލީ ހާލަތު އެއް ހަމައެއްގައި ހިފެހެއްޓުމާ އެކު، ޓީމުގައި މިހާރު ވެސް ތަފާތު މޮޅެތި ކުޅުންތެރިން ތިބުމަކީ ސްކޮޑު އިތުރަށް ބޮޑުނުކުރަން ނިންމި މައިގަނޑު ސަބަބުކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އެ ކުލަބުން ވަނީ ދެ ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ ނިމިދިޔަ ވޯލްޑް ކަޕްގައި މޮރޮކޯގެ ގައުމީ ޓީމާއެކު މޮޅު ކުޅުމެއް ދެއްކި އިސްމާއީލް ސައިބާރީގެ އިތުރުން ނެތަނިއަލް ބްރައުންއެވެ. 

މުޅިން އަލަށް ގެނައި ކުޅުންތެރިންގެ އިތުރުން، ބަޔާންގެ ސްކޮޑަކީ ގިނަ ތަރިންތަކަކުން ފުރިފައިވާ ވަރުގަދަ ލަޝްކަރެކެވެ. މިގޮތުން، އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންއާއި، ކޮލޮމްބިއާގެ ހުނަރުވެރި ފޯވާޑް ލުއިސް ޑިއާޒްގެ އިތުރުން ފްރާންސްގެ މައިކަލް އޮލީސޭ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. އަދި ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާއާއި ކެޕްޓަން ޖޯޝުއާ ކިމިޗްއަކީ ވެސް އެ ޓީމުގެ މުހިންމު ތަނބުތަކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު