ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްޕޭނުގެ ކޮންމެ ކުޅުންތެރިއަކަށް މިލިއަނެއްހާ ޑޮލަރުގެ ބޯނަހެއް!

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕް ބަލިވުމެއް ނެތި ކާމިޔާބުކުރުމުގެ އުފަލުގައި، ސްޕޭނުގެ ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ފައިސާގެ އިނާމެއް ދިނުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ފައިސާގެ އިނާމެއްގެ ގޮތުގައި އެ ގައުމަށް ވަނީ 50މިލިއަން ޑޮލަރު ލިބިފައެވެ. އެހެންކަމުން، މި ފައިސާގެ ތެރެއިން 45އިންސައްތަ (25.9މިލިއަން ޑޮލަރު)ކުޅުންތެރިންނަށް ބަހާލުމަށް ފެޑަރޭޝަނުން ކަނޑައަޅާފައިވާއިރު، މިއީ ސްކޮޑުގައި ހިމެނޭ 26ކުޅުންތެރިންކުރެ ކޮންމެ ފަރާތަކަށް 995،000ޑޮލަރުގެ މަންފާއެކެވެ. ހަމައެއާ އެކު، ޓީމުގެ ކޯޗިން ސްޓާފުންނާއި އޮފިޝަލުންނަށް ވެސް ހަމަ މި ނިސްބަތުން ފައިސާގެ އިނާމު ހަމަޖެހިގެންދާނެއެވެ.

ސްޕޭނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެޑަރޭޝަނަށް ސްޕޮންސަރުންގެ ފަރާތުންނާއި އެހެނިހެން ވިޔަފާރީގެ އެއްބަސްވުންތަކުން ލިބޭ އާމްދަނީގެ ތެރެއިން ވެސް އިތުރު އެލަވަންސެއް ޓީމަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިތުރުވުމާ އެކު، ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބޭ ޖުމްލަ ފައިސާގެ އަދަދު އެއް މިލިއަން ޑޮލަރަށް އަރާނެކަމަށް ބެލެވެއެވެ.

މި ފަހަރުގެ ތަށި ސްޕޭނުން އުފުލާލާފައި ވަނީ ފައިނަލް މެޗުގައި ދިފާއީ ޗެމްޕިއަން އާޖެންޓީނާގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މިއީ ސްޕޭނުން ދުނިޔޭގެ ތަށި ކާމިޔާބުކުރި ދެވަނަ ފަހަރެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު