ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޮޓަމެންޑީ ގައުމީ ޓީމާ ދުރަށް

ޝެއާ ކުރޭ Facebook Telegram Viber X

ހުސްވި ހަފުތާގައި ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕޭން އަތުން ބަލިވި މެޗަށް ފަހު، އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގައި 17އަހަރު ވަންދެން މުހިންމު ދައުރެއް އަދާކުރި ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.

އުމުރުން 38އަހަރުގެ ކުޅުންތެރިޔާ ގައުމީ ޖާޒީ ބޭލީ ޖުމުލަ 139މެޗު އާޖެންޓީނާއަށް ކުޅެދިނުމަށް ފަހުގައެވެ. އޭނާގެ ކެރިއަރުގެ އެންމެ  ފަހު މެޗަކަށް ވެގެންދިޔައީ، ފައިނަލްގައި 1-0ގެ ނަތީޖާއަކުން ސްޕޭން އަތްދަށުވި ހިތްދަތި މެޗެވެ. ނަމަވެސް އޭނާއަކީ 2022ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރިއިރު އެ ޓީމުގެ އެންމެ މުހިންމު އެއް ތަނބެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް މެދުވެރިކޮށް އޮޓަމެންޑީ އާންމުކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މިއީ އޭނާގެ ހަޔާތުގައި ލިޔަން ޖެހުނު އެންމެ އުނދަގޫ އިބާރާތްތައް ކަމަށެވެ. އަދި ފަހު މެޗުގައި ބޭނުންވި ނަތީޖާ ނުނުކުތް ނަމަވެސް، މުބާރާތުގެ ދެވަނަ މަގާމާ ހަމައަށް ދިއުމަށް ޓީމުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ފަހުރުވެރިކަމާ އެކު އިސް އުފުލައިގެން ހުރި ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް އޭނާ ކުރި ދަތުރުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޔޫރަޕުގެ ނަން މަޝްހޫރު ގިނަ ކްލަބުތަކަކަށް 16އަހަރު ވަންދެން ކުޅުމަށް ފަހު، އޮޓަމެންޑީ މިހާރު ވަނީ އަނބުރާ އަމިއްލަ ގައުމަށް ބަދަލުވެފައެވެ. އެގޮތުން އޭނާ މިހާރު ކުޅެމުން އަންނަނީ އާޖެންޓީނާގެ މަޝްހޫރު ކްލަބް ރިވަޕްލޭޓަށެވެ. މީގެ ކުރިން އޭނާ ވަނީ ޕޯޗުގަލްގެ ބެންފީކާ އާއި ޕޯޓޯގެ އިތުރުން، ސްޕެއިންގެ ވެލެންސިއާ އަދި އިންގްލެންޑުގެ ގަދަބާރު މެންޗެސްޓާ ސިޓީއަށް ވެސް ކުޅެދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު