ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކަސެމީރޯ އިންޓަރމަޔާމީއާ ގުޅުނު މައްސަލަ ތަހުގީގުކުރަނީ

ޝެއާ ކުރޭ Facebook Telegram Viber X

ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ، އެމެރިކާގެ އިންޓަރ މަޔާމީއަށް ބަދަލުވުމުގައި ލީގުގެ އުސޫލުތަކާ ޚިލާފު ކަންތައްތަކެއް ހިނގާފައިވޭތޯ ކަށަވަރުކުރުމަށް ޓަކައި، މޭޖަރ ލީގު ސޮކާ (އެމްއެލްއެސް)އިން އެ މުއާމަލާތުގެ ހާއްސަ ތަހުގީގެއް ފަށައިފިއެވެ.

އުމުރުން 34އަހަރުގެ ކުޅުންތެރިޔާ މަޔާމީގެ ޓީމާ ގުޅުނުކަން މިދިޔަ ބުދަ ދުވަހު ރަސްމީކޮށް ހާމަކުރުމާ ގުޅިގެން، އެމްއެލްއެސް އިން އާންމުކުރި ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ މި ޓްރާންސްފާއާ ގުޅޭ އެންމެހާ މައުލޫމާތުތައް މިހާރު އެއްކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، އިންޓަރ މަޔާމީ އާއި އެލްއޭ ގެލެކްސީއާ ދެމެދު ވެވިފައިވާ "ޑިސްކަވަރީ ޕްރިއޯރިޓީ ސެޓްލްމަންޓް"އެއްބަސްވުމުގެ ކަންކަން ހިނގާފައިވާ ގޮތުގެ ތަފްސީލުތައް ވެސް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ފުޓްބޯޅަ ލީގުގެ ގަވާއިދުތައް އޮންނަ ގޮތުން، ވަކި ކުޅުންތެރިއަކު ގެނައުމަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކޮށް މަސައްކަތް ފަށާ ކްލަބަކަށް އެ ކުޅުންތެރިއެއްގެ މައްޗަށް ވަކި ހައްގުތަކެއް ލިބިގެންވެއެވެ. މިގޮތުން ކަސެމީރޯ ގެނައުމުގެ ރޭވުންތައް އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ އެލްއޭ ގެލެކްސީންނެވެ. އިންޓަރ މަޔާމީއަށް އޭނާގެ ސޮއި ހޯދިފައި ވަނީ، ގެލެކްސީއާ އެކު ހާއްސަ އެއްބަސްވުމަކަށް އައުމަށް ފަހުގައެވެ.

މަޔާމީއާ އެކު ކަސެމީރޯ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު 2027ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އިތުރު ދެ އަހަރަށް (2029ގެ ނިޔަލަށް)އެއްބަސްވުން އާކުރެވޭނެ އިހުތިޔާރު ވެސް ވަނީ ދީފައެވެ. ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑްގައި ގިނަ ދުވަސްތަކެއް ވަންދެން މޮޅު ކުޅުމެއް ދައްކާފައިވާ ކަސެމީރޯ އިންޓަރ މަޔާމީއަށް ބަދަލުވިއިރު، އޭނާއާ އިދިކޮޅަށް ބާސެލޯނާގައި ކުރިން ކުޅުނު ލިއޮނެލް މެސީއާއި ލުއިސް ސުއަރޭޒް ވެސް މިހާރު ތަމްސީލުކުރަމުން ދަނީ ހަމަ އެ ކްލަބެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު