ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑްކަޕް ފައިނަލް އަލުން ކުޅުމަށް ގޮވާލާ ޕެޓިޝަނެއް

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެއިން އަތުން ބަލިވި 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން، އެ މެޗު އަލުން ކުޅުމަށް ފީފާއަށް ގޮވާލައި އާޖެންޓީނާގެ ސަޕޯޓަރުންތަކެއް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ "އެލް މުންޑޯ"އިން މަޢުލޫމާތު ދޭ ގޮތުގައި، ޗޭންޖް ޑޮޓް އޯގް ގައި ކުރިއަށްގެންދާ މި ޙަރަކާތުގައި މިހާތަނަށް ފަސްދޮޅަސް އެއްހާހަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އާޖެންޓީނާގެ އަންހެނެއް ކަމަށްވާ ޖިސެލާ ސަންޗޭޒް އިސްނަގައިގެން ފެށި މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ މެޗުގެ ރެފްރީކަން ކުރި ސްލޮވާކިއާގެ ސްލަވްކޯ ވިންސިޗްގެ ނިންމުންތައް މުރާޖަޢާކުރުމަށް ބާރުއެޅުމެވެ.

ސުމެއް އެކެއްގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވި އެ މެޗުގައި، ރެފްރީގެ ފަރާތުން ނަތީޖާއަށް ބަދަލު އަންނަ ފަދަ ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އެ ޤައުމުގެ ސަޕޯޓަރުން ތުހުމަތުކުރެއެވެ. މި ބަލި ގަބޫލުނުކޮށް، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އާޖެންޓީނާގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށް، މިއީ އަލުން ކުޅެންޖެހޭނެ މެޗެއްކަމަށް ބުނެ އަޑުއުފުލާފައެވެ.

ފަސްދޮޅަސް ހާހަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު މި ޕެޓިޝަން ކުރިއަށް ދިޔަ ނަމަވެސް، މިއީ ފީފާގެ މައްޗަށް ޤާނޫނީ ގޮތުން އެއްވެސް ބާރެއް ފޯރުވޭނެ، ނުވަތަ މެޗު އަލުން ކުޅުމަށް މަޖުބޫރުކުރުވޭނެ ރަސްމީ ހައިސިއްޔަތެއް އޮތް ލިޔުމެއް ނޫންކަން ފާހަގަކުރެވެއެވެ. މިއީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ދަޢުވާއަކަށް ނުވާތީ، މީގެ ސަބަބުން ފީފާއަށް ކުރިމަތިވާނެ އިތުރު ޕްރެޝަރެއް ނެތެވެ.

ފައިނަލް މެޗު ތަކުރާރުކުރުމަށް އާޖެންޓީނާއިން މަސައްކަތްކުރަމުން ދާއިރު، ކުރިއަށް އޮތް ވޯލްޑް ކަޕް މުބާރާތްތަކުން އެ ޤައުމަށް ފުރުޞަތު ނުދިނުމަށް ގޮވާލައި އެހެން ފަރާތްތަކަކުން ފަށާފައިވާ ޕެޓިޝަނެއްގައި ތޭވީސް މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަން ވެސް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު