ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އުފާ ފާޅުކުރުމަށް މެޑްރިޑްގެ މަގުތަކަށް ދެ މިލިއަނެއްހާ ސަޕޯޓަރުން

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ ނިއު ޖާޒީގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އާޖެންޓީނާ ބަލިކޮށް ސްޕެއިންގެ ޤައުމީ ފުޓްބޯޅަ ޓީމުން ދެވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން، އެކަމުގެ އުފާފާޅުކުރުމަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން އެ ޤައުމުގެ ވެރިރަށް މެޑްރިޑްގެ މަގުތަކަށް ނުކުމެ ކުލަގަދަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ރަތާއި ރަން ކުލައިގެ ދިދަތަކާއި ޖާޒީތަކުން މުޅި ސިޓީ ޒީނަތްތެރިކޮށްފައިވާއިރު، ޤައުމީ ބަތަލުންނަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް އެއްވެފައެވެ. ކުޅުންތެރިން މި އުފާވެރިކަމުގައި ބައިވެރިވީ ދެ ތަރި ކުރަހައި، "ކިންގްސް އޮފް ދަ ވޯލްޑް"ލިޔެފައިވާ ޚާއްޞަ ބަހެއްގައެވެ.

މުޅި މާހައުލުގައި ފޯރިގަދަ މިއުޒިކާއި ލަވައިގެ އަޑު ގުގުމާފައިވާއިރު، "ވީ އާ ޗެމްޕިއަންސް"ޖަހާފައިވާ ޓީޝާޓުލައިގެން ތިބި ކުޅުންތެރިން ދިޔައީ ސަޕޯޓަރުންނާ އެކު އުފާފާޅުކުރަމުންނެވެ. އެގޮތުން އާންމުންގެ ތެރެއަށް ބޯޅަ އުކުމުގެ އިތުރުން، ބޯޖާ އިގްލެސިއަސް ފަދަ ކުޅުންތެރިން ބަހުގެ މަތީގައި ތިބެގެން މިއުޒިކް ކުޅެފައިވެއެވެ. އަދި ބަހުގެ ބޭރުގައި "ސްޓާސް ޝައިން ޓުގެދަރ"ފަދަ ޝިޢާރުތައް ފަވާލާފައި ހުއްޓެވެ.

މި ކުލަގަދަ ޕެރޭޑް ފެށުމުގެ ކުރިން، ސްޕެއިންގެ ރަސްގެފާނު ފެލިޕޭގެ އިތުރުން ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ މުޅި ޓީމާ ބައްދަލުކުރައްވައި ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. ނިއު ޖާޒީގައި ކުޅުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވި ބޮޑުވަޒީރު ސަންޗޭޒް ވަނީ، ކުޅުންތެރިންގެ ހިތްވަރާއި މޮޅު ކުޅުމަށް ތައުރީފުކުރައްވައިފައެވެ. އަދި 2030ވަނަ އަހަރު މޮރޮކޯއާއި ޕޯޗުގަލްއާ ގުޅިގެން ސްޕެއިނުން ބާއްވާ ވޯލްޑް ކަޕްގައި، ތިންވަނަ ފަހަރަށް ދުނިޔޭގެ ތަށި އެ ޤައުމުން އުފުލާލާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު