ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނިއުކާސަލް ދޫކޮށް އާސެނަލާ ގުޅުމުގެ ޝައުގުވެރިކަން ގީމަރޭސް ފާޅުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ބްރޫނޯ ގީމަރޭސް، އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން އޭނާގެ ކްލަބަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 28އަހަރުގެ މިޑްފީލްޑަރު ކްލަބް ދޫކޮށްލަން ބޭނުންވާކަން ހާމަކުރުމާ ގުޅިގެން، އޭނާ ވިއްކާލަން ނިއުކާސަލްއަށް މަޖުބޫރުވާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސި ޗެމްޕިއަން އާސެނަލުން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ގީމަރޭސް ހޯދުމަށް 60މިލިއަން ޕައުންޑާ ގާތްކުރާ އަދަދެއްގެ އަނގަބަހުގެ ހުށަހެޅުމެއް ނިއުކާސަލްއަށް ހުށަހަޅާފައެވެ. ނަމަވެސް އެ ފަހަރު ނިއުކާސަލްއިން އެ ހުށަހެޅުމަށް އެއްބަސްނުވެ، އޭނާ ވިއްކާލަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އާސެނަލުން ގީމަރޭސް ހޯދުމަށް ޝައުގުވެރިވާއިރު، އެ ކްލަބުން އަދި ނިއުކާސަލްއާ އެކު ރަސްމީކޮށް މަޝްވަރާތައް ފަށާފައެއް ނުވެއެވެ.

ނިއުކާސަލްއިން މިހާރުވެސް ވަނީ އެ ޓީމުގެ މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ އިޓަލީގެ ސަންދްރޯ ޓޮނާލީއާއި އިންގްލެންޑުގެ އެންތަން ގޯޑަން ވިއްކާލާފައެވެ. އެހެންކަމުން، ޓީމުގެ އިތުރު މުހިއްމު ކުޅުންތެރިއަކު ދޫކޮށްލުމަކީ އެ ކްލަބަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ފްރާންސްގެ އޮލިމްޕިކް ލިޔޯން ދޫކޮށް 2022ވަނަ އަހަރު ނިއުކާސަލްއާ ގުޅުނު ގީމަރޭސް ވަނީ އެ ޓީމަށް ޕްރިމިއާ ލީގުގައި 153މެޗު ކުޅެދީ 30ލަނޑު ޖަހައިދީ، 26އެސިސްޓް ކޮށްދީފައެވެ. މީގެ އިތުރުން، ވޯލްޑް ކަޕްގެ ގަދަ 16ޓީމުގެ ބުރުން ކެޓި ބްރެޒިލް ޓީމުން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި އޭނާ ވަނީ ކުޅެފައެވެ. އެ މުބާރާތުގައި ހަތަރު ގޯލު ޖަހަން އެހީތެރިވެދިން ނަމަވެސް، ނޯވޭ އަތުން 2-1އިން ބްރެޒިލް ބަލިވި މެޗުގައި އޭނާ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު