ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓްރަމްޕަށް އެވޯޑު ދިނުމާ އީޔޫ ޕާލަމަންޓް ދެކޮޅު

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފީފާއިން ހާއްސަ އެވޯޑެއް އެރުވި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލަމަންޓް މެމްބަރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ.

ފުޓުބޯޅައިގެ މައި އިދާރާގެ އެންމެ އިސްވެރިޔާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދާ މި ދަނޑިވަޅުގައި، އޭނާ ވަނީ ދުނިޔޭގައި ހުރި ހުރިހާ މައްސަލަތަކަކީ ފީފާއަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫންކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ފީފާއިން ދެމުން އަންނަ "ޕީސް ޕްރައިޒް"ނުވަތަ ސުލްހައިގެ އިނާމު މުޅިން އުވާލުމަށް ނޯވޭއިން ވެސް ވަނީ ދާދިފަހުން ގޮވާލާފައެވެ.

އިންފަންޓީނޯއާ ގުޅޭގޮތުން ފެންމަތިވަމުންދާ އެހެނިހެން މައްސަލަތަކަށް ބަލާއިރު، ބޮޑު އަގުގައި މެޗުތަކުގެ ޓިކެޓް ވިއްކަމުންދާ ކަމަށް ބުނެ އާންމުން ކުރަމުންދާ ޝަކުވާތަކަށް ރައްދުދެއްވައި އޭނާ ވަނީ އެ އުސޫލު ދިފާއުކުރައްވާފައެވެ. އަދި ހަމައެހެންމެ، ކުރިއަށް އޮތް ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމު ވާދަކުރާނެކަން ކަށަވަރުކޮށްދެއްވަމުން، އެ މުބާރާތުގައި އެ ގައުމުން ކުޅޭނެކަން އިންފަންޓީނޯ ވަނީ ހާމަކުރައްވާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު