ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގޯޑަންގެ މަގާމު ފޫބައްދަން އައިވަރީ ކޯސްޓްގެ ބަޒޫމާނާ ނިއުކާސްޓްލްއަށް

ޝެއާ ކުރޭ Facebook Telegram Viber X

އެންތަނީ ގޯޑަން ބާސެލޯނާއަށް ބަދަލުވުމާ ގުޅިގެން ނިއުކާސްޓްލްގެ މެނޭޖަރު އެޑީ ހޯވްއަށް އެޓޭކިން ކުޅުންތެރިންގެ މުހިންމުކަން ބޮޑެވެ. ގޯޑަންގެ އިތުރުން ނިމިދިޔަ ސީޒަންގައި އެ ޓީމުގެ އެންމެ މުހިންމު ތަބުގެ ގޮތުގައި ހުރި ސަންދްރޯ ޓޮނާލީ ވެސް ސްޕާސްއަށް ބަދަލުވުމާ އެކު މި މުހިންމުކަން ވަނީ މާބޮޑަށް ވެސް ފުޅާވެފައެވެ.

ގޯޑަންގެ ބަދަލުގައި ނިއުކާސްޓްލްއަށް ގެންނަ ފޯވާޑަކީ ހޮފެންހައިމްގެ ވިންގަރ ބަޒޫމާނާ ޓޫރޭއެވެ. އޭނާ ނިއުކާސަލްއާ ގުޅެން ހަމަޖެހިފައި ވަނީ 43މިލިއަން ފައުންޑުގެ ބޮޑު ފީއަކަށެވެ.

މި ރިޕޯޓުގައިވާ ގޮތުން، ނިއުކާސަލްއިން ވަނީ ހޮފެންހައިމްއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ޓްރާންސްފާ ފުރިހަމަވާނެއެވެ. މި ޑީލް ކުރިއަށް މިދަނީ ބުދަ ދުވަހު ކަށަވަރުވި، ނިއުކާސަލްގެ ސަންދްރޯ ޓޮނާލީ 100މިލިއަން ފައުންޑަށް ޓޮޓެންހަމް ހޮޓްސްޕާއަށް ވިއްކާލި ޓްރާންސްފާއަށް ފަހުގައެވެ.

ޓޫރޭގެ ފީއަކީ ހޮފެންހައިމްގެ ތާރީޚުގައި ވެސް ކުޅުންތެރިއަކު ވިއްކާލި އެންމެ ބޮޑު އަދަދެވެ. އަދި އުމުރުން 20އަހަރުގެ މި ކުޅުންތެރިޔާ ކުރިއަށް އޮތް ދުވަސްތަކުގައި ނިއުކާސަލްގެ ކުޅުންތެރިއެއްގެ ގޮތުގައި އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

ޑެއިލީ މެއިލްއިން ވެސް ވަނީ އައިވަރީ ކޯސްޓްގެ މި ބައިނަލްއަގުވާމީ ކުޅުންތެރިޔާ ހޯދުމުގެ ރޭހުގައި ނިއުކާސަލް އެންމެ ކުރީގައި އޮތް ކަމަށާއި، މި އެއްބަސްވުން ނިމުމަކާ ގާތްވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ޓޫރޭއަކީ މައިގަނޑު ގޮތެއްގައި އިންވާޓެޑް ލެފްޓް ވިންގަރަކަށް ވުމުން، ގޯޑަން ދޫކޮށްލި ވައަތްފަރާތުގެ މަގާމު ވަގުތުން ފޫބެއްދުމަށް އެޑީ ހޯވްއަށް ލިބޭނެ އެންމެ ފަސޭހަ އޮޕްޝަނަކަށް އޭނާ ވާނެއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ބުންޑެސްލީގާގައި ކުޅުނު 30މެޗުގައި 5ލަނޑު ޖަހައި 12އެސިސްޓް ހަދާފައެވެ. މީގެ އިތުރުން، ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުން ނޯވޭ އަތުން ބަލިވެ އައިވަރީ ކޯސްޓް ކެޓުމުގެ ކުރިން އޭނާ ވަނީ އެ ގައުމަށް 3މެޗު ކުޅެދީފައެވެ.

ޒުވާން އުމުރުގައި ވެސް ޓޫރޭއަކީ ހަލުވި އަދި ވަރުގަދަ ކުޅުންތެރިއެކެވެ. ވަން-އޮން-ވަން ހާލަތްތަކުގައި މޮޅު ކުޅުމެއް ދައްކާ މި ކުޅުންތެރިޔާއަކީ ކަނާތްފަރާތު ވިންގާއި، އަދި ނަންބަރު 9އެއްގެ ގޮތުގައި މެދުތެރެއިން ވެސް ކުޅެވޭނެ ފަދަ ތަފާތު މަގާމުތަކަށް ހޭނޭ ކުޅުންތެރިއެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު