ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސީޕީ ވޮލީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޕޮލިސް ކްލަބުގެ ފަރާތުން މިހާރު ކުރިއަށްގެންދާ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ސެމީ ފައިނަލުގައި ވާދަކުރާނެ ހަތަރު ޓީމު ކަށަވަރުވެއްޖެއެވެ.

ނުވަ ޓީމަކާ އެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ބައިގެ ސެމީ ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ އެސްއޯއާރުސީ، ފޮރެންސިކް ފްރެންޑްސް، ޑީއީ އަދި އައިޑީ ކްލަބުންނެވެ. މީގެ ތެރެއިން އެސްއޯއާރުސީ އަކީ ގްރޫޕް އޭގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ ޓީމެވެ. ހަމައެހެންމެ ޑީއީ ވަނީ ގްރޫޕް ބީގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެ ގްރޫޕްގެ އެއްވަނަ މަގާމު ހާސިލުކޮށްފައެވެ. ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ފޮރެންސިކް ފްރެންޑްސް ސެމީއަށް ދިޔައިރު، ގްރޫޕް ބީން ދެވަނަ ހޯދީ އައިޑީ ކްލަބެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ކުރިމަތިލުމުގައި މިރޭ އަށެއް ފަނަރައިގައި އެސްއޯއާރުސީ އާއި އައިޑީ ކްލަބް ވާދަކުރާއިރު، މާދަމާ ރޭ ކުޅޭ ދެވަނަ ސެމީގައި ބައްދަލުކުރާނީ ޑީއީ އާއި ފޮރެންސިކް ފްރެންޑްސް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު ކަނޑައަޅާ ފައިނަލް މެޗު އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުޅުމަށް ތާވަލުކޮށްފައިވާއިރު، މި މެޗާއި ސެމީ ފައިނަލުގެ މެޗުތައް ޕޮލިސް ކްލަބުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށްދެއްކުމަށް ވަނީ ނިންމާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު