ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލިވަޕޫލުން ބޭނުންވާ ޑިއޮމާންޑޭ ބޭނުން ވަނީ ޕީއެސްޖީއަށް ބަދަލުވާން

ޝެއާ ކުރޭ Facebook Telegram Viber X

ލިވަޕޫލުން ހޯދުމަށް މަސައްކަތްކުރާ ޔާން ޑިއޮމާންޑޭ ބޭނުން ވަނީ ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވާންކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީއިން އަންނަނީ މި ކުޅުންތެރިޔާ ހޯދުމަށް އާރްބީ ލައިޕްޒިގާ އެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންނެވެ.

އައިވަރީ ކޯސްޓަށް އުފަން އުމުރުން 19 އަހަރުގެ ވިންގަރ ހޯދުމަށް ލިވަޕޫލުން މި މަހު ހުށަހެޅި 69 މިލިއަން ފައުންޑާއި އިތުރު 17 މިލިއަން ފައުންޑްގެ ބިޑް ވަނީ ބޭރުކޮށްލައިފައެވެ.

ސްޕެއިންގެ ލެގަނޭސް އިން މިދިޔަ ހޫނު މޫސުމުގައި ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލައިޕްޒިގާ ގުޅުނު ޑިއޮމާންޑޭއަށް އެ ކްލަބުން ގާތްގަނޑަކަށް 129 މިލިއަން ފައުންޑް ޑިމާންޑް ކުރާނެ ކަމަށް ބެލެވެއެވެ.

އެ ކްލަބުން ބުނާ ގޮތުގައި އޭނާ ވިއްކާލުމުގެ އެއްވެސް މާލީ މަޖުބޫރުކަމެއް ނެތް ކަމަށާއި، މަދުވެގެން އަދި އެއް ސީޒަނަށް އޭނާ ބެހެއްޓުމަށް ޓަކައި ރަނގަޅު އާ އެއްބަސްވުމެއް ހުށަހެޅުމަށް ތައްޔާރަށް ތިބި ކަމަށެވެ.

ޕީއެސްޖީގެ ހޫނު މޫސުމުގެ ޕްލޭންތައް ކުރިއަށް ގެންދަނީ ޗެއާމަން ނާސިރު އަލް-ޚައްލައިފީ އާއި، ސްޕޯޓިން އެޑްވައިޒަރު ލުއިސް ކެމްޕޮސް އަދި މެނޭޖަރު ލުއިސް އެންރީކޭއެވެ. އެ ކްލަބުގެ އަމާޒަކީ ސްކޮޑަށް ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކު ނުވަތަ ދެ ކުޅުންތެރިން އިތުރުކުރުމެވެ.

މީގެ އިތުރުން ބައެއް ކުޅުންތެރިން ކްލަބް ދޫކޮށް ދިއުންވެސް އެކަށީގެންވެއެވެ. އެގޮތުން ފޯވާޑް ގޮންސާލޯ ރާމޯސް ގާތްގަނޑަކަށް 63 މިލިއަން ފައުންޑްގެ އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނާ ގުޅޭނެ ކަމަށް ބެލެވޭއިރު، މިޑްފީލްޑަރު ލީ ކަންގް-އިން އަދި ފޯވާޑް ރަންޑަލް ކޯލޯ މުއާނީ ވެސް ކްލަބް ދޫކޮށްދާނެ ކަމަށް ބެލެވެއެވެ.

ލިވަޕޫލުން ފްރާންސްގެ ވިންގަރ ބްރެޑްލީ ބާކޯލާއަށް ޝައުގުވެރިވާކަން އެނގިފައިވީ ނަމަވެސް، ޕެރިހުގެ މަސްދަރުތަކުން ބުނާ ގޮތުގައި ޕީއެސްޖީން ބޭނުން ވަނީ އޭނާގެ އެއްބަސްވުން އާކުރާށެވެ.

ލިވަޕޫލުން ވަނީ އޮސަސޫނާގެ ސްޕެއިންގެ ވިންގަރ ވިކްޓަރ މުނޯޒް 34.5 މިލިއަން ފައުންޑަށް ސޮއިކުރުވައިފައެވެ. މިއީ އާން ސްލޮޓްގެ ބަދަލުގައި ހެޑް ކޯޗަކަށް އެންޑޯނީ އިރައޯލާ ހަމަޖެއްސި ފަހުން އެ ކްލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު