ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފާޑުކިޔުންތައް ހުރި ނަމަވެސް ޕްރެޝަރެއް ނެތް: މާޓިނޭޒް

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އުޒުބަކިސްތާނާ ދެކޮޅަށް ނުކުންނައިރު، ޕޯޗުގަލް ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮންގޯއާ ވާދަކޮށް އެއްވަރުވުމުން ޓީމަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

މާޓިނޭޒް ހާމަކުރި ގޮތުގައި ނަތީޖާ ގޯސްވުމުން ފާޑުކިޔުންތައް އަމާޒުވުމަކީ ގަބޫލުކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެ ކަންކަމަކީ ކުރިއަށް އޮތް މެޗަށް ތައްޔާރުވުމުގައި އެއްވެސް އަސަރެއް ކުރާނެ ކަންތައްތަކެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ. ކޯޗު ބުނީ ޕޯޗުގަލް ޓީމަށް މި މެޗާ ކުރިމަތިލާއިރު އެއްވެސް ވަރެއްގެ ޕްރެޝަރެއް ނެތް ކަމަށެވެ.

މީގެ އިތުރުން، ފުރަތަމަ މެޗަށް ފަހު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދިފާއުގައި ވެސް ކޯޗު ވަނީ ވާހަކަދައްކާފައެވެ. ދުނިޔޭގެ ބައެއް ލެޖެންޑުންނާއި ޕޯޗުގަލްގެ ނޫސްވެރިން ވަނީ ކޮންގޯ އަތުން ޕޯޗުގަލް މޮޅުނުވުމުގެ ޒިންމާ ރޮނާލްޑޯގެ ބޮލުގައި އަޅުވައިފައެވެ. ނަމަވެސް މާޓިނޭޒް ބުނީ ރޮނާލްޑޯއަކީ ވަރަށް ދިގު މުއްދަތެއްގައި ގައުމީ ޓީމަށް ހިދުމަތްކޮށްދީފައިވާ މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

"އޭނާއަކީ ވަރަށް ދިގު މުއްދަތެއްގައި ގައުމު ދިފާއު ކޮށްދިން ކުޅުންތެރިއެއް. ފުޓްބޯޅައިގެ ބައެއް ގޯލު ޖެހުމާއި ނުޖެހުމަކީ ވެސް. ރޮނާލްޑޯއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް އަހަރުމެން ނަތީޖާ ނެރެން ކުޅޭއިރު. އޭނާ އަކީ ގޯލު ޖަހާނެކަން އޭނާ ޓީމު މޮޅުކޮށްދޭނެކަން ޕްރޫވް ކޮށްދީފައިވާ މީހެއް"

މުޅިން އަލަށް ވޯލްޑް ކަޕުގައި ވާދަކުރާ އުޒުބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ޕޯޗުގަލްއަށް މުހިންމު މެޗެކެވެ. މި މެޗުން މޮޅުނުވެވިއްޖެ ނަމަ، މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ޓަކައި ޕޯޗުގަލްއަށް ޖެހޭނީ ގްރޫޕްގެ ފަހު މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު