ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

1000ވަނަ މެޗު ކާމިޔާބު ކުރެވުމުން ޖަޕާނުގެ ކޯޗު އުފާފާޅުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ތާރީޚީ 1000ވަނަ މެޗު ކާމިޔާބު ކުރެވުމުން އެކަމާ ނުހަނު އުފާކުރާ ކަމަށް ޖަޕާނުގެ ގައުމީ ޓީމުގެ ކޯޗު ހަޖިމޭ މޮރިޔާސޫ ހާމަކޮށްފިއެވެ.

ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މި ތާރީޚީ މެޗު ޖަޕާނުން ކާމިޔާބު ކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މޮރިޔާސޫ ބުނި ގޮތުގައި މިއީ މުޅި މުބާރާތުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭނެ މެޗެކެވެ.

މި މެޗަށް ނުކުތްއިރު ޓިއުނީޝިއާގެ ކޯޗު ބަދަލުވެފައިވުމުން، އެ ޓީމުން ކުޅޭނެ ގޮތެއް ދުރާލައި ދެނެގަންނަން އުނދަގޫވި ކަމަށް މޮރިޔާސޫ ފާހަގަކުރިއެވެ. ނަމަވެސް އޭނާގެ ކުޅުންތެރިން ތިބީ މި މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ކޯޗު ބުންޏެވެ. މީގެ އިތުރުން، ދަނޑަށް ވަދެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ގައުމީ ސަލާމް ކުޅުނު ވަގުތު ދަނޑުގެ ހުރިހާ ދިމާލަކުން އެ އަޑު އިވުނުކަން ފާހަގަކުރަމުން އޭނާ ބުނީ، ޖަޕާނަށް ސަޕޯޓުކުރީ ހަމައެކަނި އެ ގައުމުގެ ރައްޔިތުން ނޫން ކަމަށާއި، މެކްސިކޯގެ ޖާޒީގައި ތިބި ސަޕޯޓަރުން ވެސް ޖަޕާނަށް ތަރުހީބު ދިން ކަމަށެވެ.

މި މެޗާ ގުޅޭގޮތުން ޓިއުނީޝިއާގެ ކޯޗު ހާވް ރެނާޑް ބުނީ، އޭނާ ޓީމާ ހަވާލުވީ ފުރަތަމަ މެޗަށްފަހު ގްރޫޕް ސްޓޭޖުގެ ބާކީ ދެ މެޗަށް ނުވަތަ މުބާރާތުގައި ކުރިއަށްދާ ވަރަކުން އެ މެޗުތަކަށް އެކަނި ކަމަށެވެ. އެހެންކަމުން މިއީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަދައްކަންވީ ވަގުތު ނޫން ކަމަށާއި، މި ވަގުތު ވިސްނުން ހުރީ ގްރޫޕްގެ ތިންވަނަ މެޗަށް ކަމަށް އޭނާ ބުންޏެވެ. ފުރަތަމަ ދެ މެޗުން ބަލިވުމަށް ފަހު ފަހު މެޗުގައި ނެދަލަންޑްސްއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ އެންމެ ބޭނުންވި ގޮތް ނޫން ނަމަވެސް، މިއީ ވޯލްޑް ކަޕް ކަމަށްވާތީ އެކަމާ ކުރިމަތިލުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ރެނާޑް ފާހަގަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު