ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްރިސްޓަލް ޕެލަސްގެ ހެޑް ކޯޗަކަށް ޕިއޭ ސާޖް ހަމަޖައްސައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކްރިސްޓަލް ޕެލަސްގެ ހެޑްކޯޗަކަށް ލެންސްގެ މެނޭޖަރު ޕިއޭ ސާޖް ހަމަޖައްސައިފިއެވެ.

 ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އުމުރުން 47 އަހަރުގެ ފްރާންސްގެ ކޯޗު ބަދަލުވަނީ، ދެ އަހަރާއި ބައިގެ މުއްދަތަކަށް އިރުޝާދު ދިނުމަށް ފަހު 2025-26 ސީޒަން ނިމުމުން ޓީމް ދޫކޮށްދިޔަ އޮލިވާ ގްލާސްނާގެ ބަދަލުގައެވެ.

ސާޖް ލެންސްއާ ގުޅުނީ މީގެ 12 މަސް ކުރިންނެވެ. އޭނާ ވަނީ ލީގު 1 ގެ އެންމެ މޮޅު މެނޭޖަރުގެ މަގާމު ހޯދައި، ލެންސް ލީގުގެ ދެވަނައަށް ގެންގޮސްދީ، އެ ކްލަބުގެ 120 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޫޕް ޑި ފްރާންސް ކާމިޔާބުކޮށްދީފައެވެ.

މީގެ ކުރިން އޭނާ ވަނީ ލިޔޯންގެ ހެޑް ކޯޗެއްގެ ގޮތުގައި (ފުރަތަމަ ވަގުތީ ގޮތުން) 14 މަސް ހޭދަކޮށް، 2024-25 ގައި އެ ޓީމު ޔޫރޮޕާ ލީގަށް ކޮލިފައިކޮށްދީފައެވެ.

ޕެލަސްއިން ކުރިން ޝައުގުވެރިވީ މިހާރު ލިވަޕޫލްގައި ހުރި ބޯންމައުތުގެ ކުރީގެ މެނޭޖަރު އެންޑޯނީ އިރައޯލާއަށެވެ. މީގެ އިތުރުން ފްރޭންކް ލަމްޕާޑް، ކިއެރަން މެކެނާ އަދި ޝޯން ޑައިޗްގެ ނަން ވެސް މި މަގާމަށް ވާދަކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހޫނު މޫސުމުގައި ޕެލަސް ދޫކޮށްލާނެ ކަމަށް ޖެނުއަރީ މަހު ބުނި ގްލާސްނާ، ދެކުނު ލަންޑަނުގައި ހޭދަކުރި މުއްދަތުގައި ތިން ތަށި ހޯދާފައިވާތީ، ސާޖަށް އޮތީ ބޮޑު ގޮންޖެހުމެކެވެ.

އޮސްޓްރިއާގެ ކޯޗު ވަނީ އީގަލްސްއަށް އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއް ކާމިޔާބުކޮށްދީފައެވެ. އެއީ 2025 ވަނަ އަހަރުގެ އެފްއޭ ކަޕެވެ. އަދި އޭގެ ފަހުން ނިމިދިޔަ ސީޒަނުގައި ކޮމިއުނިޓީ ޝީލްޑް އަދި ކޮންފަރެންސް ލީގު ވެސް ކާމިޔާބުކޮށްދިނެވެ.

ޔޫރަޕުގެ މި ކާމިޔާބީއާ އެކު، ސާޖްގެ ފުރަތަމަ ސީޒަނުގައި ޕެލަސް ކުޅޭނީ ޔޫރޮޕާ ލީގުގައެވެ.

އޭނާއާއެކު ލެންސްގައި އެސިސްޓަންޓް ކޯޗަކަށް ހުރި ޖަމާލް އަލީއުއީ ވެސް ކްލަބާ ގުޅޭނެއެވެ.

"އޮލިވާ ގްލާސްނާ ވަނީ ވަރަށް ފުރިހަމަ ކާމިޔާބީތަކެއް ހޯދާފައި، އަދި މިހާރު އަހަރެން ވެސް ޖެހެނީ އެފަދަ ކާމިޔާބީތަކެއް ހޯދަން،" ސާޖް ބުންޏެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު