ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރަޝްފޯޑް ގަންނަން ބާސާ ބޭނުން ނުވުމަކީ އަލްވަރޭޒަށް ދޮރު ހުޅުވުން!

ޝެއާ ކުރޭ Facebook Telegram Viber X

މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ ލޯނު އެއްބަސްވުމުގެ ދަށުން، މާކަސް ރަޝްފޯޑް ދާއިމީކޮށް ގަތުމަށް ބާސެލޯނާއަށް ލިބިފައިވާ ފުރުސަތުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ. 

26މިލިއަން ފައުންޑަށް ރަޝްފޯޑް ގަނެވެން އޮތް ނަމަވެސް  މި ފުރުސަތު ދޫކޮށްލުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ނިއުކާސްޓްލްގައި މޮޅު ކުޅުމެއް ދެއްކި އެންތަނީ ގޯޑަން ހޯދުމަށް 69މިލިއަން ފައުންޑު އެ ޓީމުން ހޭދަކުރުމެވެ. އަދި ނިމިދިޔަ ސީޒަންގައި ހުރިހާ މުބާރާތެއްގައި 14ލަނޑު ޖަހައި 14އެސިސްޓް ހަދައިދިން ރަޝްފޯޑްގެ ލޯންގެ އެއްބަސްވުން އާކުރުމުގެ ފުރުޞަތު އޮތުމެވެ. އަދި ރަޝްފޯޑްގެ ވާހަކައިން އެހެން ޓްރާންސްފަރއަކަށް ވެސް ބާރު ލިބެއެވެ. އެއީ އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒްގެ ޓްރާންސްފަރއެވެ. އެލްކްލެސިކޯގެ ގަދަ ދެބާރުން އަލްވަރޭޒް ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު އެތުލެޓިކޯ ދޫކޮށްލާ ނަމަ އޭނާ ބަދަލުވުން އެންމެ ގާތީ ބާސެލޯނާއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މެޑްރިޑުން އަލްވަރޭޒަށް ހުށަހެޅި ބިޑަށް އެތުލެޓިކޯއިން ވަނީ ޖޯކް ވެސް ޖަހައިފައެވެ.

ރަޝްފޯޑް ގަންނަން ބާސާއިން ބޭނުން ނުވުމާއި އަގު ބޮޑު އަލްވަރޭޒް ގަތުމަށް ބަޖެޓުން ޖާގަ ހޯދުމާއި ގުޅުވައިލެވެއެވެ.

ބާސެލޯނާއާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެހެން ކްލަބަކަށް މިއަށް ވުރެ ބޮޑު އަގެއްގައި ރަޝްފޯޑް ވިއްކާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޔުނައިޓެޑަށް އެބައޮތެވެ. ހާއްސަކޮށް މިއަހަރުގެ ހޫނު މޫސުމުގައި އޮންނަ ވޯލްޑް ކަޕްގައި އިންގްލެންޑް ޓީމުގައި އޭނާ މޮޅު ކުޅުމެއް ދައްކައިފި ނަމައެވެ.

ވޯލްޑް ކަޕަށް ފަހު ވެސް ރަޝްފޯޑް ކްލަބް ދޫކޮށްލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އޭނާ އެނބުރި އޯލްޓްރެފަޑަށް ދާނެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޖާޒީގައި ރަޝްފޯޑް ދެން ފެނުމަކީ ދުރު ކަމެކެވެ. ސްކައި ސްޕޯޓްސް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އޯލްޑް ޓްރެފޯޑް ދޫކޮށް ދާއިމީ ބަދަލުވުމެއް ހޯދުމަށް ކުޅުންތެރިޔާއާއި، އޭނާގެ އެޖެންޓުން އަދި ކްލަބުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު