ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިނގިރޭސި ޓީމުގެ ބޫޓާއި ބޯޅަތައް އެމެރިކާގައި ވަގަށް ނަގައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމު ކޭމްޕް ކުރާ އެމެރިކާގެ ކަންޒަސް ސިޓީގެ ސްވޯޕް ސޮކާ ވިލެޖަށް ދިއުމުގެ ކުރިން، އެ ޓީމުގެ ފަރިތަކުރުންތަކުގައި ބޭނުންކުރާ ބައެއް ސާމާނުތައް ވަގަށް ނަގައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވަގަށް ނަގާފައި ވަނީ ޓީމުގެ ކުޅުންތެރިން ބޭނުންކުރާ ބޫޓުތަކާއި ބޯޅަތަކެވެ.

ފްލޮރިޑާގައި ކޭމްޕް ކުރުމަށް ފަހު އިނގިރޭސި ޓީމު މިއަދު ކަންޒަސް ސިޓީއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު، މި ވައްކަން ހިންގާފައި ވަނީ ޓީމު ދިއުމުގެ ކުރިން އެ ސަރަހައްދަށް ތަމްރީނު ވަސީލަތްތައް ގެންދިޔަ އުޅަނދުންނެވެ. މި މައްސަލަ އެމެރިކާގެ ފުލުހުން މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު، ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ބަލަމުންދާތީ، އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ)އިން އަދި މީޑިއާއަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. މީގެ އިތުރުން، އިނގިރޭސި ޓީމުން ސްވޯޕް ސޮކާ ވިލެޖުގައި މިއަދު ފުރަތަމަ ތަމްރީނުތައް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މިދިޔަ ހަފުތާގައި ވެސް އެ ޓީމު ކޭމްޕް ކުރި ސަރަހައްދު ކައިރީގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގާފައިވެއެވެ.

ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިނގިރޭސި ޓީމު ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މި ދެ ޓީމުގެ އިތުރުން ގާނާ އަދި ޕެނަމާ ހިމެނެނީ މުބާރާތުގެ ގުރޫޕް އެލްގައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު