ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ބްރިޓޯ މަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ބްރެޒިލަށް 1970ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ގައުމުގެ ކުރީގެ އިތުބާރު ޑިފެންޑަރު ބްރިޓޯ، އުމުރުން 86އަހަރުގައި މަރުވެއްޖެ އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނި ގޮތުގައި އޭނާ މަރުވީ އިއްޔެގެ ވަގުތެއްގައެވެ.

ނަމަވެސް އޭނާ މަރުވި ސަބަބާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ގައުމީ ޓީމަށް 1964އިން ފެށިގެން 1972ވަނަ އަހަރުގެ ނިޔަލަށް ކުޅެދިން ބްރިޓޯ ވަނީ ބްރެޒިލްގެ ރަން ރީނދޫ ޖާޒީގައި ޖުމްލަ 61މެޗު ކުޅެދީފަ އެވެ. އޭނާ އަކީ 1970ގެ ކާމިޔާބީގެ އިތުރުން، 1966ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް މުބާރާތުގައި ވެސް ބްރެޒިލްގެ ފަހަތް ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ.

ބްރިޓޯގެ ވަކިވުމާ ގުޅިގެން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސާމިރު ޒައުދު ވަނީ އޭނާގެ ހިދުމަތްތަކުގެ އަގު ވަޒަންކޮށް ވާހަކަދައްކައިފައެވެ. ސާމިރު ބުނީ ބްރިޓޯއަކީ ބްރެޒިލްގެ ފުޓްބޯޅަ ތާރީޚު ދުށް އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށެވެ.

"ބްރިޓޯ އަހަރުމެންނާ ވަކިވިދިޔައިރު އޭނާއަކީ ބްރެޒިލްގެ ފުޓްބޯޅައިން ފެނުނު އެންމެ މޮޅު އެއް ޑިފެންޑަރު. އޭނާ ހޯދައިދިން 1970ގެ ވޯލްޑް ކަޕަކީ އަބަދުވެސް އަހަރުމެން ހަނދާނުގައި ހުންނާނެ ކަމެއް. މި ވަރުގަދަ ޝަހުސިއްޔަތަށް އަހަރެން އިހްތިރާމް އަދާކުރަން. އޭނާގެ ހިތްވަރާއި ފަންވަރަކީ ވޯލްޑް ކަޕް ކާމިޔާބު ކުރަން އަހަރުމެންގެ ކުޅުންތެރިން ވޯލްޑް ކަޕް ކާމިޔާބު ކުރަން ލިބިގެންދާނެ އިތުރު ހިތްވަރެއް" ސާމިރު ވިދާޅުވި އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ބްރިޓޯ މަރުވިއިރު، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލުން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗަށް ނުކުންނަން އޮތީ އެންމެ ދުވަހަކަށްވެފައެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި މާދަމާ ނޫން އަނެއް ދުވަހު ބްރެޒިލް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު