އިންގްލެންޑްގެ ފޯވާޑް މޯގަން ރޮޖާސް އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އަޑުއިވޭ ކަމަށާއި އެކަން ނަގަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް އޭނާ ބުނެފިއެވެ.
އެސްޓަން ވިލާގެ ފޯވާޑް ހޯދުމަށް އާސެނަލް، ޗެލްސީ، ޕީއެސްޖީ އަދި މެންޗެސްޓަރ ޔުނައިޓެޑުން ޝައުގުވެރިވެއެވެ. އަދި 80 މިލިއަން ފައުންޑުގެ އަގަކަށް އޭނާ ކްލަބް ދޫކޮށްލާނެކަމުގެ ވާހަކަތައް ދަނީ ގަދަވަމުންނެވެ.
ނަމަވެސް، މި ވަގުތު ވޯލްޑް ކަޕަށް ގޮސް ހުރި ރޮޖާސް ބުނީ، މިފަދަ ވާހަކަތައް ދެކެވުނު ނަމަވެސް ، އޭގެ ސަބަބުން އޭނާގެ ސަމާލުކަން ގެއްލިގެން ނުދާނެ ކަމަށެވެ. އަދި އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ވޯލްޑްކަޕަށް ކަމަށް ރޮޖަރސް ވަނީ ބުނެފައެވެ.
ޔޫރަޕްގައި މިހާރު ހުރި އެންމެ ޒުވާން އެންމެ އުއްމީދީ އެއް މިޑްފީލްޑަރުކަމަށްވާ ރޮޖަރސް ވަނީ ނިމިދިޔަ ސީޒަނުގައި 19 ގޯލް ޖަހައި 9 އެސިސްޓްކޮށްދީފައެވެ. އޭގެ ތެރޭގައި ޔޫރޮޕާ ލީގުގައި ޖެހި 3 ގޯލާއި 4 އެސިސްޓް ހިމެނެއެވެ. ވިލާ ހޯދި ޔޫރަފް ތައްޓަށް ފަހު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ 23 އަހަރުގެ ރޮޖަރސްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.