ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖެހިޖެހިގެން ދެ އަހަރު ރެލިގޭޓްވި ނަމަވެސް ޔޫރަޕްގެ ބާރުތައް ބޭނުންވާ ކުޅުންތެރިއެއް!

ޝެއާ ކުރޭ Facebook Telegram Viber X

އިނގެރޭސި ޗެމްޕިއަންޝިޕަށް މި އަހަރު ރެލިގޭޓްވި ވެސްޓްހަމްގެ މިޑްފީލްޑަރ މެތިއުސް ފެނާންޑޭޒަށް ޔޫރަޕްގެ ބާރުތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މީޑިއާތައް ބުނާ ގޮތުގައި މި ޓްރާންސްފަރ ބާޒާރުގައި އޭނާއަށް އެންމެ ބޮޑަށް ޝައުޤުވެރި ވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ. ހަމަ އެއާކު ޔޫރަފްގެ މި އަހަރުގެ އެންމެ ގަދަ ދެބާރުކަމަށްވާ ޕީއެސްޖީއާއި އާސެނަލްއިން ވެސް ވަނީ އޭނާއަށް ޝައުޤުވެރިވެފައެވެ.

އުމުރުން އެންމެ 21އަހަރުގެ މި މިޑްފީލްޑަރ މިދިޔަ ދެއަހަރު ހޭދަކުރީ ސައުތެމްޓަންގައެވެ. އަދި މި ދިޔަ އަހަރު އެ ޓީމް ރެލިގޭޓްވުމާ ގުޅިގެން 38 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުވި ވެސްޓްހަމް ވެސް މި ވަނީ މި އަހަރު ރެލިގޭޓްވެފައެވެ. ނަމަވެސް މި ކުޅުންތެރިޔާއަށް އޮތް ޑިމާންޑް އޮތީ އުފުލިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ބާޒާރުގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ މިޑްފީލްޑަރުންނަށެވެ. އެ ގޮތުން އެލިއަޓް އެންޑަސަން، އެންޒޯ ފެނާންޑޭޒް އަދި ސަންދުރޯ ޓޮނާލީ ފަދަ މޮޅު މިޑްފީލްޑަރުންގެ ލިސްޓްގައި ފެނާންޑޭޒްގެ ނަން ހިމެނުން އެއީ ސުވާލު އުފެދޭކަމެއް ނޫނެވެ. ޓީމް ރެލިގޭޓްވި ނަމަވެސް ފުރިހަމަ ޕްލޭޔަރެއްގެ ހުންނަ ހުރިހާ ސިފަތަކެއް ފެނާންޑޭޒް ވަނީ ދައްކައިފައެވެ. ޖެހިލުން ކުޑަކަމާއި މަސައްކަތުގެ ރޭޓްގެ އިތުރުން އޭނާ ވަނީ ކޮންސިސްޓެންސީ ދައްކައިދީފައެވެ. ރަސްކް، ރަސަލް މާޓިން، ގްރަހަމް ޕޮޓާ އަދި ނޫނޯ އެސްޕިރިޓޯ ސަންޓޯ ފަދަ ކޯޗުން ވަނީ މިކަން ފާހަގަކޮށްފައެވެ. 

ފާއިތުވި ސީޒަންގައި އޭނާ ވަނީ ފަސް ގޯލް ޖަހައި ފަސް އެސިސްޓްކޮށްދީފައެވެ. ރެލިގޭޓްވީ ޓީމަކާ ބަލާއިރު މިއީ ގޯސް އަދަދެއް ނޫނެވެ. 

ބްރޫނޯ ފެނާންޑޭސް، ބެނާޑޯ ސިލްވާ، ވިޓީނިއާއާއި ޖޯއާ ނެވޭސް އަދި ރުބެން ނެވޭސްގެ އިތުރުން ސަމޫ ކޯސްޓާ އަދި މެތިއުސް ނޫނޭސް ފަދަ ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑް ލައިނެއް އޮތް ޕޯޗްގަލްގެ ވޯލްޑްކަޕް ސްކޮޑުން ފެނާންޑޭޒްއަށް ޖާގަ ނުލިބުނަސް އޭނާގެ އަގު އޮތީ އެ ކުޅުންތެރިންނާ އެއް ލެވެލްއެއްގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު