ހޯސޭ މޮރީނިއޯ ވަނީ އޭނާގެ ހޫނު މޫސުމުގެ ޓްރާންސްފާ ޑިމާންޑްތައް ރެއާލް މެޑްރިޑަށް ހުށަހަޅައިފައެވެ. އަދި މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އާސެނަލްގެ މަގުބޫލު ތަރިއެކެވެ.
ޕޯޗުގަލްގެ ކޯޗު މި ހޫނު މޫސުމުގައި މޮރީނިއޯ ބެންފީކާ ދޫކޮށް ރެއާލް މެޑްރިޑަށް އެނބުރި ދާނެއެވެ. އަދި މިކަމުގެ ރަސްމީ އިއުލާނެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް ބެލެވެއެވެ.
ސްޕެއިންގެ ރިޕޯޓްތައް ބުނާ ގޮތުގައި، ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނު ރެއާލްގެ ޑިފެންސަކީ އޭނާ އެންމެ ބޮޑަށް އިސްލާހު ކުރަންޖެހޭ ދާއިރާއެވެ. އަދި މޮރީނިއޯ އައުމުގެ މާ ކުރިންވެސް ރެއާލް އިން ދިޔައީ ޑިފެންސް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޓަ މިލާންގެ ޑެންޒެލް ޑަމްފްރީސްއާއި ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ އިބްރާހިމާ ކޮނާޓޭ ހޯދުމުގެ އެއްބަސްވުންތައް މިހާރު ވެސް ނިމިފައިވާއިރު، ތަޖުރިބާކާރު ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ވަނީ ކޮންޓްރެކްޓް އާކުރަން އެއްބަސްވެފައެވެ.
ނަމަވެސް މޮރީނިއޯ އެވަރުން ފުއްދާލާކަށް ބޭނުމެއް ނުވެއެވެ. އަދި އޭނާ ވަނީ ޕްރިމިއާ ލީގުގެ ދެ ކުލުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ހޯދައިދިނުމަށް ޕެރޭޒްގެ ކިބައިން އެދިފައެވެ. ރިޕޯޓްތައް ގޮތުގައި އޭނާ ބޭނުންވަނީ އާސެނަލްގެ ރިކާޑޯ ކަލަފިއޮރީ ނުވަތަ މެންޗެސްޓަރ ސިޓީގެ ޔޮސްކޯ ގްވާޑިއޯލްއާ އެކު މަސައްކަތް ކުރާށެވެ.
މި ދެ ކުޅުންތެރިންނަކީ ތަފާތު މަގާމުތަކަށް ކުޅުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިންނަށް ވާތީ މޮރީނިއޯ މި ކުޚުންތެރިންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ މެޗުގެ ތެރެއިން ތިން ޑިފެންޑަރުންނާއި ހަތަރު ޑިފެންޑަރުންގެ ސިސްޓަމަށް ބަދަލުކޮށްގެން ކުޅުމަށް އޭނާ އުންމީދު ކުރާތީއެވެ. އަދި ޓްރެންޓް އެލެކްސެންޑަރ-އާނޮލްޑް އަކީ މާ ބޮޑަށް އެޓޭކަށް ވިސްނާ ކުޅުންތެރިއެއް ކަމަށް މޮރީނިއޯ ދެކޭ ކަމަށާއި، އޭނާ ބޭނުންވަނީ ސްކޮޑަށް އިތުރަށް ބެލެންސްޑް ކުޅުންތެރިން އިތުރުކުރަން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
އާޓެޓާ ، ކަލަފިއޯރީއާ މެދު ވަރަށް ގަޔާވާ ކަމަށް ބެލެވުނު ނަމަވެސް، އޭނާއަކީ އަނިޔާގެ މައްސަލަތައް ގިނަ ކުޅުންތެރިއަކަށް ވުމުން،
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.