ޗެމްޕިއަންސް ލީގު ސީޒަންގެ އެވޯޑްތައް ޔޫއެފާއިން ހާމަކޮށްފިއެވެ.
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ވިންގަރ ހްވިޗާ ކްވަރަސްކޭލިއާއަށް ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އާޑާ ގުލާ ވަނީ ސީޒަނުގެ އެންމެ އުންމީދީ ކުޅުންތެރިޔާ (ރެވެލޭޝަން އޮފް ދަ ސީޒަން)ގެ އެވޯޑް ހޯދައިފައެވެ.
ޔޫއެފާގެ ސީޒަނުގެ މޮޅު ޓީމުގައި ޕީއެސްޖީގެ ފަސް ކުޅުންތެރިން ހިމެނެއެވެ. އެއީ މާކީނިއޯސް، ނޫނޯ މެންޑޭސް އަދި ވިޓީނިއާއާއި އޮސްމާން ޑެމްބެލޭގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްވަރަސްކޭލިއާއެވެ.،އާސެނަލްގެ ތިން ކުޅުންތެރިން ކަމަށްވާ ޑޭވިޑް ރާޔާ، ގެބްރިއަލް އަދި ޑެކްލަން ރައިސް ވަނީ މި އެގާރައިން ޖާގަ ހޯދައިފައެވެ. ބަޔާން މިއުނިކްގެ ހެރީކޭންއާއި އޮލީސޭ މި ލިސްޓްގައި ހިމެނުނުއިރު، އެތުލެޓިކޯ މެޑްރިޑްގެ މާކޮސް ލޮރެންޓޭ ވެސް ވަނީ މި ޓީމުން ފުރުޞަތު ހ÷ދައިފައެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ރެއާލް މެޑްރިޑް 3-0އިން މޮޅުވި މެޗުގައި ފެޑެރީކޯ ވަލްވާޑޭ ކާމިޔާބުކުރި ލަނޑަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސީޒަނުގެ އެންމެ މޮޅު ލަނޑެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.