ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައުމީ ދެވަނަ ޑިވިޝަން ވޮލީ ،އަންހެން ބައިގައި ބޮޑުފޮޅުދޫއާއި ރާއްޖެ ވޮލީ ކުލަބުން ކުރިހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ހަތަރުވަނަ ދުވަހު ކުޅުނު އަންހެން ޑިވިޝަނުގެ މެޗުތަކުން ހެޕީ ސްޕޯޓްސް ކްލަބް، ރާއްޖެ ވޮލީ ކުލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ޔޫތު ނިއު ޖެނެރޭޝަން އަދި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަނުން މޮޅުވެއްޖެއެވެ. 

 އިއްޔެ ކުރިއަށްދިޔައީ ހަމައެކަނި އަންހެން ޑިވިޝަނުގެ މެޗުތަކެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހެޕީ ސްޕޯޓްސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ސްމައިލް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ހެޕީން ގެންދިޔައީ 18-14، 18-15އަދި 19-17އިންނެވެ. މި މޮޅާއެކު އެޓީމު އޮތީ 3ޕޮއިންޓާ އެކު ޕޫލް ޑީ ގެ އެއްވަނައިގައެވެ. ދެވަނަ މެޗުގައި ރާއްޖެ ވޮލީ ކުލަބުން ވަނީ ވާދަވެރި ކުޅުމަކަށް ފަހު 3-2ސެޓުން ގުޑީސް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 17-19، 18-15، 18-10، 14-18އަދި 15-13އިންނެވެ. މި ނަތީޖާއާއެކު ރާއްޖެ ވޮލީ ކުލަބަށް ވަނީ ކުޅުނު ދެ މެޗުން 4ޕޮއިންޓް ލިބި، ޕޫލް އެޗްގެ އެއްވަނަ ލިބިފައެވެ.

ތިންވަނަ މެޗުގައި ވޮލީބޯލް ނިއު ޖެނެރޭޝަނުން ވަނީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ކަނބަލުން ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-08، 18-05އަދި 18-09އިންނެވެ. މި މޮޅާއެކު އެޓީމު ވަނީ ކުޅުނު ދެ މެޗުން 6ޕޮއިންޓް ހޯދައި ޕޫލް އެފްގެ އެއްވަނަ މަގާމު ދިފާއުކޮށްފައެވެ. ހަތަރުވަނަ މެޗުގައި ޔޫތު ނިއު ޖެނެރޭޝަނުން ވަނީ 3-2ސެޓުން އަލްމާ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-15، 17-19، 18-05، 06-18އަދި 15-09އިންނެވެ. މި މޮޅާއެކު ޔޫތު ނިއު ޖެނެރޭޝަނުން ވަނީ 5ޕޮއިންޓާ އެކު ގްރޫޕް ޖީ ގެ އެއްވަނަ ކަށަވަރުކޮށްފައެވެ.

އިއްޔެގެ ފަހު މެޗުގައި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަނުން ވަނީ ސީދާ ތިން ސެޓުން ސްޕޯޓްސް ކްލަބު ދިރުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 18-11، 18-05އަދި 18-07އިންނެވެ. މި މޮޅާ އެކު ބޮޑުފޮޅުދޫ އޮތީ ކުޅުނު ދެ މެޗުން ލިބުނު 6ޕޮއިންޓާއެކު ގްރޫޕް އީގެ އެއްވަނައިގައެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް މި މަހުގެ 1އިން 11އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާއިރު، 8ޕޫލަކަށް ބަހާލައިގެން 24ޓީމު ވާދަކުރެއެވެ. ފިރިހެން ޑިވިޝަނުގެ ކުޅުން މި މަހުގެ 3އިން 11އަށް ކުރިއަށްދާއިރު، މި ޑިވިޝަނުގައި 13ޓީމު ވާދަކުރަނީ 4ޕޫލަކަށް ބަހާލައިގެންނެވެ. މިއަދު ފިރިހެން ޑިވިޝަނުގެ ފަސް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، އަންހެން ޑިވިޝަނުން މިއަދު ކުޅޭނީ އެންމެ މެޗެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު