ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލިވަޕޫލްގެ ކޯޗުގެ މަގާމާ ހަވާލުވާން އިރައޯލާ އެއްބަސްވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލްގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމަށް، ސްޕެއިންގެ ކޯޗު އަންޑޯނީ އިރައޯލާ އެއްބަސްވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

މިދިޔަ ސީޒަން ނިމުމާއެކު ބޯންމަތުގެ ކޯޗުކަމުން އިސްތިއުފާ ދިން އިރައޯލާ ލިވަޕޫލާ ގުޅުމަށް މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ސްޕެއިންގެ "ދަ އެތްލެޓިކް"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 43 އަހަރުގެ އިރައޯލާ ލިވަޕޫލާ އެކު ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން، ބޯންމަތުގައި އޭނާއާއެކު މަސައްކަތް ކުރި ކޯޗިން ސްޓާފުންގެ ތެރެއިން ބައެއް މީހުން ވެސް ލިވަޕޫލާ ގުޅޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ލިވަޕޫލްގެ ކޯޗުގެ މަގާމު ހުސްވީ، ފާއިތުވެދިޔަ ދެ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން އާނޭ ސްލޮޓް މި ސީޒަން ނިމުމާއެކު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ސްލޮޓް ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. ނަމަވެސް، ނިމިދިޔަ ސީޒަނުގައި އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ކުރިން ގްރީސްގެ ލަނާކާގެ އިތުރުން ސްޕެއިންގެ މިރަންޑޭސް އަދި ރަޔޯ ވަޔެކާނޯއަށް ވެސް ކޯޗުކޮށްދީފައިވާ އިރައޯލާ ގެނައުމަށް ލިވަޕޫލުން ބޭނުންވަނީ ވަރަށް އަވަހަށެވެ. އެ ކްލަބުގެ އަމާޒަކީ މި މަހުގެ 11 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑްކަޕްގެ ކުރިން އާ ކޯޗު ރަސްމީކޮށް ހަމަޖެއްސުމެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު