ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޫޑިގާ ރެއާލް މެޑްރިޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ރެއާލް މެޑްރިޑާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްކައި ޖާމަނީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން ރަސްމީކޮށް އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ރެއާލްގެ ރައީސް ހޮވުމުގެ އިންތިޚާބަށް ފަހުގައެވެ.

ޖަރުމަނުގެ މި ޑިފެންޑަރުގެ ކުރީގެ އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

ވޯލްޑް ކަޕް ސްކޮޑުގައި ހިމެނޭ ރޫޑިގާ ވަނީ ނިމިދިޔަ ސީޒަނުގައި ރެއާލްއަށް 26 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިދީފައެވެ.

ޗެލްސީގެ ކުރީގެ ތަރި 2022ވަނަ އަހަރު ބާނަބެއުއަށް ބަދަލުވި ފަހުން މިހާތަނަށް 182 މެޗު ވަނީ ކުޅެދީފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު