ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމްބާޕޭގެ މޮޅު ކުޅުމާއެކު ރެއާލުން ބޮޑު މޮޅެއް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެނިޝް ލަލީގާގައި ރޭ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭގެ ދެ ލަނޑާއެކު 1-4ގެ ތަފާތު ބޮޑު ނަތީޖާއަކުން ރަޔޯ ވަޔެކާނޯ ބަލިކޮށް، ރެއާލް މެޑްރިޑުން ހިތްހަމަޖެހޭ މޮޅެއް ހޯދައިފިއެވެ. 

މިދިޔަ ހަފުތާގައި ރެއާލް ބެޓިސް އަތުން ކުރިމަތިވި ނާކާމިޔާބީއަށް ފަހު ރޭގެ މެޗާ ކުރިމަތިލި ރެއާލުން ވަނީ ފުރަތަމަ ހާފުގެ 35މިނެޓުގެ ތެރޭގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 14ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އަލްވާރޯ ކަރެރާސްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެމްބާޕޭ ވަނީ މެޗުގެ ލީޑު ނަގައިދީފައެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން، މެޗުގެ 17ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަރެރާސް ވަނީ ރެއާލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ފަހުން 35ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހައި ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 51ވަނަ މިނެޓުގައި ސާޖިއޯ ކަމެއްލޯ ވަނީ ރަޔޯ ވަޔެކާނޯއަށް ސުންކަނޑައިދީ، ނަތީޖާ 1-3އަށް ބަދަލުކޮށްފައެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެމްބާޕޭ ވަނީ ރެއާލްގެ ހަތަރުވަނަ ލަނޑު ޖަހައިދީ، އެ ޓީމަށް ފަސޭހަ ކާމިޔާބީއެއް ކަށަވަރުކޮށްދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު